ރ. ފައިނުގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 4 މީހަކަށް އަނިޔާވެއްޖެއެވެ.
މީގެ އިރުކޮޅެއް ކުރިން މި އެކްސިޑެންޓް ހިނގާފައިވަނީ ފައިނު ސޯސަންމަގުގައި ކަސްރަތަށް ހިނގަން ގޮސް އުޅުނު ބައެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓް ވެގެންނެވެ. މިއެކްސިޑެންޓްގައި އަނިޔާވި މީހުންނަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ.
މި އެކްސިޑެންޓުގައި އަނިޔާވި މީހުނަށް ފައިނު ސިއްހީ މަރުކަޒުގައި ވަނީ ފަރުވާ ދޭން ފަށާފައެވެ. އަދި އެމީހުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ފައިނުން "ރަސްއޮންލައިން" އާއި ވާހަކަ ދެެއްކި މީހަކު ބުނީ މިއެކްސިޑެންޓް ހިނގިއިރު އެއް ސައިކަލު ދުއްވާފައިވަނީ 18 އަހަރުން ދަށުގެ ކުޑަ ކުއްޖެއް ކަަމަށެވެ. އަދި އެކުއްޖާއާއެކު އިތުރު ކުއްޖެެއް ވެސް ސައިކަލު ފަހަތުގައި އިން ކަމަށް އޭނާ ބުންޏެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެެ.

ކިޔުންތެރިންގެ ހިޔާލު