ބޮލީވުޑްގެ ކުޅަދާނަ ތަރި ސޮނާކްޝީ ސިންހާގެ ކުރިއަށް އޮތް ފިލްމު "ނިކިތާ ރޯއި" ނެރޭ ދުވަސް ފަސްކޮށްފިއެވެ.
މީގެ ކުރިން މި ފިލްމު ނެރުމަށް ނިންމީ މިއަދެވެ. އެހެންނަމަވެސް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ ފިލްމު ނެރުން ފަސްވެފައިވާކަން އަންގާފައެވެ. އެގޮތުން ފިލްމުގެ ޓީމުން ބުނީ އެ ފިލްމު ބެލުންތެރިންނަށް ގެނެސްދޭން މިހާރު ތާވަލުކޮށްފައި ވަނީ އަންނަ ޖުލައި މަހުގެ 18 ގައި ކަމަށެވެ.
މި ފިލްމު ފަސްކޮށްފައިވަނީ މިއަދު ގިނަ ފިލްމުތަކެއް ނެރުމަށް ހަމަޖެހިފައިވާތީކަމަށް "ނިކިތާ ރޯއި" ގެ ޓީމުން ވަނީ ހާމަކޮށްފައެވެ. އަދި މި ނިންމުމަކީ ޑިސްޓްރިބިއުޓަރުންނާއި އެގްޒިބިޓަރުންގެ އެދުމުގެ މަތިން ނިންމި ނިންމުމެއްކަމަށްވެސް ފިލްމުގެ ޓީމުން ވަނީ ބުނެފައެވެ.
މި ފިލްމު ޑައިރެކްޓު ކޮށްފައިވަނީ ސޮނާކްޝީގެ ބޭބެ ކުޝް ސިންހާއެވެ. ފިލްމުގެ ކާދްޓުންގެ ތެރޭގައި ސޮނާކްޝީގެ އިތުރުން އަރުޖުން ރާމްޕާލާއި ޕަރޭޝް ރަވަލް އަދި ސުހައިލް ނައްޔަރު ހިމެނެއެވެ.
މިއީ ބިރުވެރި ފިލްމަކަށްވީއިރު، މިއީ މިފަދަ ރޯލަކުން ސޮނާކްޝީ ފެނިގެންދާ ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު