ޔަޝް ރާޖް ފިލްމްސް (ވައިއާރްއެފް) ސްޕައި ޔުނިވާސްގެ ކުރިއަށް އޮތް ފިލްމުގެ ލީޑުން ފެނިގެންދާނީ ބޮލީވުޑްގެ ނަންވިދާ ތަރި ޖޯން އަބްރަހަމް ކަމަށް ހާމަކޮށްފިއެވެ.
ވައިއާރްއެފް ސްޕައި ޔުނިވާސްގެ ފިލްމުތަކަކީ ބެލުންތެރިންގެ މެދުގައި އަބަދުވެސް މަގުބޫލުވާ ފިލްމުތަކެކެވެ. "އޭކްތާ ޓައިގާ"، "ޓައިގާ ޒިންދާ ހޭ"، "ވޯރ"، "ޕަތާން"، އަދި "ޓައިގާ 3" އަށްފަހު މިއަހަރު ސްޕައި ޔުނިވާސް އިތުރަށް ފުޅާވާނެއެވެ. އެގޮތުން މިއަހަރު "ވޯ2" އަދި "އަލްފާ" ނެރޭނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
މި ފިލްމުތަކަށްފަހު މިހާރު ދެން ނެރޭ ފިލްމުގެ ލީޑުން ފެނިގެންދާނީ ޖޯން އަބްރަހަމް ކަމަށް ރިޕޯޓުތަކުގައި ވެއެވެ. މި ފިލްމުގެ ވާހަކަ ބިނާވެގެން ދާނީ "ޕަތާން" ގައި ޖޯން އަދާ ކޮށްފައިވާ ކެރެކްޓަރު 'ޖިމް' ގެ މައްޗަށް ކަމަށް ރިޕޯޓުގައި ވެއެވެ.
ހުރިހާ ކަމެއް ތާވަލާ އެއްގޮތަށް ގޮއްސިނަމަ މި ފިލްމުގެ މަސައްކަތް 2026 ގައި ފަށާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. އަދި ފިލްމު 2027 ގައި ނެރޭނެ ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.
މަސައްކަތުގެ މައިދާނަށް ބަލާއިރު، ޖޯން މިހާރު މަޝްއޫލުވެ އުޅެނީ "ރާކޭޝް މާތިޔާ ބަޔޯޕިކް" ގެ ޝޫޓުތަކުގައެވެ. އެއަށްފަހު އޭނާ ދެން މަސައްކަތް ކުރާނީ ސުޕަހީރޯ ފިލްމެއްގައި ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު