މިހާރު ދިމާވެގެން އުޅޭ ހުރިހާ ވެސް މައްސަލައަކީ ސަރުކާރަށް މެނޭޖްކުރަން ނޭނގުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގްރާމެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް ވިދާޅުވީ މިހާރުގެ ސަރުކާރަށް ދިމާވެގެން އުޅޭ މައްސަލައަކީ ގައުމު ހިންގުން ނުވަތަ މެނޭޖްކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ މައްސަލަ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން އުޅެނީ މެނޭޖްކުރަން ނޭނގިގެން ކަމަށާއި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވެއްޖެނަމަ އެކަމަށް ރަނގަޅު ލަފާ އަރުވާނެ ކަމަށެވެ.
ރައީސް ސާލިޙް ވަނީ، މިހާރުގެ ސަރުކާރަށް ކަންކަން މެނޭޖްކުރަން ނޭނގިގެން އުޅެނީތޯ، ނުވަތަ އެކަމަށް ކުޅަދާނަ ބޭފުޅުން ނެތީތޯ، ނޫނީ އަޑު ނާއްސަވަނީތޯ، އޭ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ. ރައީސް ސާލިޙް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި އާސަންދަ ނުލިބިގެން ނުވަތަ ސްޓޫޑެންޓް ލޯނު ނުލިބިގެން ރައްޔިތުންނަށް ދަތިތަކާ ކުރިމަތިނުވާނެ ކަމަށެވެ.
"މިހާރު ވެގެން މިއުޅެނީ ހަމަ މެނޭޖްކުރަން ނޭނގުމެއް. މެނޭޖުކުރަން ނޭނގިގެން ސަރުކާރަށް މިއުޅެނީ. ފަހަރުގައި ވެދާނެ ރައީސް ޑޮކްޓަރ މުއިއްޒު އަރިހުގައި އެކަމަށް ރަނގަޅު ލަފާ އަރުވާނެ ބޭފުޅުން ނެތީ ކަމަށް ނޫނީ އަޑު ނާއްސަވަނީކަން. ކޮންމެވެސް އެއްގޮތެއް އެބަވޭ. އެހެން ނަމަކާ މިއަދަކު ރައްޔިތުންނެއް ނޫޅޭނެ އާސަންދަ ނުލިބިގެން. ސްޓޫޑެންޓް ލޯނު ނުލިބިގެން ކިޔަވާ ކުދިންނެއް ނުތިބޭ. ރަނގަޅަށް އެ މެނޭޖުކޮށްގެން ގެންދާ ކަމަށް ވަންޏާ،" ރައީސް ސާލިޙް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް ސާލިޙް ވަނީ މިހާރު ގައުމުގައި އެއްވެސް ޕްރޮޖެކްޓެއް ނުހިނގާކަމާއި ހުރިހާ ކަމެއް ހުއްޓިފައި ހުރިކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން، ކޯވިޑްގެ ދަތި ހާލަތުގެ ތެރޭގައި ވެސް ގިނަ ކަންތައްތަކެއް ކުރައްވާފައިވާނެ ކަމަށް ވިދާޅުވެ، އެކަމާ މެދު ސަރުކާރަށް ފާޑުކިޔާ ބައެއް ފަރާތްތަކަށް އެމަނިކުފާނު ރައްދު ދެއްވިއެވެ.
"މެނޭޖުކޮށްގެން ގެންދާ ކަމަށް ވަންޏާ،،، އެއްވެސް ޕްރޮޖެކްޓެއް ވެސް ނުހިނގާ ނޫންތޯ؟ ހުރިހާ ކަމެއް ހުއްޓިފައި ހުރި. އަޅުގަނޑުމެން އެ ދަތީގެ، ކޯވިޑްގެ ތެރޭގައި ކިތައް ކަންތައްތައް ކޮށްފަ؟" ރައީސް ސާލިޙް ސުވާލުކުރެއްވިއެވެ.
މީގެ އިތުރުން އެމަނިކުފާނުގެ ސަރުކާރުގައި އެއްވެސް ކަމެއް ނުކުރެވޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ސާލިޙް ވިދާޅުވީ، ނުފެންނަ މީހަކަށް އެކަންކަން ނުފެންނާނެ ކަމަށާއި، އެއީ ރައްޔިތުންނަށް އޮޅުވާލަން ދައްކާ ވާހަކަ ކަމަށެވެ.
"ނުފެންނަ މީހަކަށް ނުފެންނާނެ. މިހާރުވެސް ބައެއް ބޭފުޅުން އެބަ ވިދާޅުވޭ އަޅުގަނޑުމެންގެ ސަރުކާރުގައި ނެތޭ އެއްވެސް ކަމެއް ކޮށްފަ. އެކަމަކު އަޅުގަނޑު ހިތުން އެއީ ހަމަ އޮޅުވާލަން ދައްކާ ވާހަކަ،" ރައީސް ސާލިޙް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު