ވޯލްޑް ޓްރެވެލް އެންޑް ޓުއަރިޒަމް ކައުންސިލް ގެ ސޭފް ޓްރެވެލް ސްޓޭމްޕް ދިވެހި ރާއްޖެ އަށް ލިބިއްޖެ އެވެ.

ޓުއަރިޒަމް މިނިސްޓްރީ އިން ހާމަ ކުރާގޮތުގައި، ދިވެހި ރާއްޖެ އަކީ ރައްކާތެރި ފަތުރުވެރި މަންޒިލެއް ކަމަށް މި ސްޓޭމްޕުން އަންގައި ދޭނެއެވެ.

ޓުއަރިޒަމް މިނިސްޓްރީ އިން ހާމަ ކުރާގޮތުގައި، ދިވެހި ރާއްޖެ ކޮވިޑް-19 އިން ސަލާމަތްވެ ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތައް، ވޯލްޑް ޓްރެވެލް އެންޑް ޓުއަރިޒަމް ކައުންސިލުން ބަލައިގަނެފައިވާކަމަށް މި ސްޓޭމްޕު ލިބުމުން ހާމަވާކަމަށެވެ. އަދި މިސްޓޭމްޕް ލިބިފައިމިވަނީ ދިވެހި ރާއްޖޭ ގައި ސިއްހަތާއި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަކީ ވޯލްޑް ޓްރެވެލް އެންޑް ޓުއަރިޒަމް ކައުންސިލްގެ ޕްރޮޓޮކޯލް ތަކާއި އެއްގޮތަށް އެޅިފައިވާ ފިޔަވަޅުތަކަކަށް ވުމުންނެވެ.

މި ސްޓޭމްޕް ލިބުމާ އެކީ، ދިވެހި ރާއްޖެ އަށް އަންނަ ފަތުރު ވެރިންނަށް ދިވެހި ރާއްޖެ އަކީ ރައްކާތެރި މާހައުލެއްކަން ޔަގީންކޮށްދެވޭނެއެެވެ. މިއީ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި މުހިންމު ކަމެކެވެ.

ވޯލްޑް ޓްރެވެލް އެންޑް ޓުއަރިޒަމް ކައުންސިލް ގެ ސޭފް ޓްރެވެލް ސްޓޭމްޕް އަކީ ޔުނައިޓެޑް ނޭޝަންގެ ވޯލްޑް ޓުއަރިޒަމް އޯގަނައިޒޭޝަން އިންވެސް ބަލައިގެންފައިވާ ސްޓޭމްޕް އެކެވެ. މިއީ ދުނިޔޭގަވެސް ސިއްހަތާއި ރައްކާތެރިކަމަށް ބެލުމަށް ހެދުނު ފުރަތަމަ ސްޓޭމްޕެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން