ރ. ފައިނުގައި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ކުޑަކުއްޖަކާއި ބޮޑު މީހަކު އިތުރު ފަރުވާއަށް މިއަދު މާލެ ގެނެސްފިއެވެ.

ރޭ އިރާކޮޅު ފައިނު ސޯސަންމަގުގައި އެ އެކްސިޑެންޓް ހިނގީ 18 އަހަރުން ދަށުގެ ކުއްޖަކާއި ފައިނު ސްކޫލްގެ ދަރިވަރަކު ދުއްވި ސައިކަލެެއް މަގުމަތީގައި ކަސްރަތަށް ހިނގަން ނުކުމެ އުޅުނު އެ ރަށު ސްކޫލްގެ ޕްރިންސިޕަލާއި ޓީޗަރެއްގެ ގައިގައި ޖެހި އެކްސިޑެންޓްވެގެންނެެވެ. މިއެކްސިޑެންޓްގައި 18 އަހަރުގެ ކުޑަ ދެކުދިންނާއެކު ހަތަރު މީހަކަށް ވަނީ އަނިޔާވެފައެވެ.

އެ އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ ކުދިންނަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ. ފައިނު ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށް ފަހު ރޭ އެ ދެ ކުދިން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނީ އެ ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ.

މިއެކްސިޑެންޓްގައި ޕްރިންސިޕަލަށް އަނިޔާވި ނަމަވެސް އޭނާގެ ހާލު މިހާރު ސްޓޭބަލް އެވެ. އެކަމަކު، އޭނާއާ އެކު ހުރި ޓީޗަރުގެ ފަޔަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ.

މިއެކްސިޑެންޓާއި ގުޅިގެން ފުލުހުންގެ ބަހެެއް އަދި ލިބޭގޮތެއް ނުވެއެެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން