ހަލާލް ޓުއަރިޒަމަށް ވަކި ރަށްތަކެއް ތަރައްގީކުރަން ސަރުކާރުން ނިންމައިފިއެވެ.
ސަރުކާރުން އެގޮތަށް ނިންމިކަން ހާމަކުރެއްވީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމުގެ މަޤްސަދުގައި، ހަލާލު ފަތުރުވެރިކަމަށް ޚާއްޞަކޮށް ވަކި ރަށްތަކެއް ތަރައްޤީ ކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި މިކަމަށް އިންވެސްޓަރުންނަށް ބޮޑެތި ޙަވާސާ (ލުއިފަސޭހަ) ތަކެއް ދޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
"މި ޕްލޭންގެ ތަފްސީލުތައް މިއަންނަ ހަފްތާގައި ޓޫރިޒަމް މިނިސްޓްރީ އިން އިއުލާނު ކުރާނެ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ މުޅި ދުނިޔޭގައި މަޝްހޫރުވެފައިވާ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ، ދެމެހެއްޓެނިވި ގޮތެއްގައި ޒިޔާރަތްކުރާ ފަރާތްތަކަށް ފުރިހަމަ ތަޖުރިބާއެއް ދިނުމަށާއި، މެހެމާންދާރީގެ ރޮނގުން މިސާލެއް ދައްކަމުން އަންނަ ސިނާއަތެއް ކަމަށެވެ.
"މިހާރު، އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ޙަލާލު ފަތުރުވެރިކަމުގެ ދާއިރާގައި އިސްވެ، މިންގަނޑެއް ކަމުގައި ވުމަށް މިއީ އިސްލާމީ އުސޫލުތަކަށް ފެތޭ ގޮތަށް ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ދޭ ސަމާލުކަން ދައްކުވައިދޭ ކަމެއް،" ރައީސް މުޢިއްޒު ވިދާޅުވިއެވެެ.
ރައީސް އިތުރަށް ވިދާޅުވީ މިކަމަށްޓަކައި ދިވެހިރާއްޖެ ދެމިހުންނާނީ އިންވެސްޓްމަންޓަށް ތައްޔާރަށް ކަމަށާއި އަދި މުޅި ދުނިޔެއިން އިންވެސްޓަރުންނަށް ހޫނު މަރުޙަބާއެއް ކިޔުމަށް ތައްޔާރަށް ކަމަށެވެ.
މިކަމުގެ ސަބަބުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތައް އިތުރަށް ފުޅާވެ، ރަނގަޅު ވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ. މިއީ ހަލާލު މާކެޓަށް ޚާއްޞަވެގެން އަންނަ ފަތުރުވެރިންނަށް މަރުޙަބާ ކިޔައި، ފުޅާ ދާއިރާއެއްގައި އާ ފުރުޞަތުތަކެއް ހުޅުވައިދޭނެ ކަމެއް ކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު