ރާއްޖެއާއި ސްރީލަންކާއާ ދެމެދު ކޮމާޝަލް ޑިއުޓީ ފްރީޒޯނެއް ޤާއިމްކުރަން އުޅޭ ވާހަކަތަށް އިކޮންމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ދޮގުކުރަށްވައިފިއެވެ.
ރާއްޖެއާއި ސްރީލަންކާއާ ދެމެދު ކޮމާޝަލް ޑިއުޓީ ފްރީޒޯނެއް ޤާއިމްކުރަން އުޅޭކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ ހަބަރު ފަތުރާފައެވެ. އެކަމާ ގުޅިގެން އިކޮންމިކް މިނިސްޓަރު މުހައްމަދު ސަޢީދު ވިދާޅުވީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު ކޮމާޝަލް ޑިއުޓީ ފްރީޒޯނެއް ޤާއިމް ކުރަން ދިވެހި ސަރުކާރުން މަސައްކަތްކުރާ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫންކަމަށެވެ. އަދި އެއީ މިހާތަނަށް ހިޔާލުކުރެވި ނުވަތަ މަޝްވަރާކުރެވިފައިވާ ކަމެއްވެސް ނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖެއާއި ސްރީލަންކާއާ ދެމެދު ކޮމާޝަލް ޑިއުޓީ ފްރީޒޯނެއް ޤާއިމްކުރަން އުޅޭ ކަމުގެ ވާހަކަތައް ފެތުރިފައިމިވަނީ އަންނަމަހުގެ ފަހުކޮޅު ލަންކާގެ ރައީސް އަނޫރާކުމާރަ ޑިސަނަޔަކަ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ލަންކާގެ ބައެއް މީޑިޔާ ތަކުން ރިޕޯޓް ކޮށްފައިވާ ދަނޑިވަޅެއްގައެވެ. އަދި މި ދަތުރުފުޅުގައި ރާއްޖެއާއި ލަންކާއާ ދެމެދު ތަފާތު އެކި ދާއިރާތަކުން އެއްބަސްވުންތައް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށް ލަންކާގެ ބައެއް ނޫސްތަކުން ބުނެފައިވެއެވެ. ނަމަވެސް ދިވެހި ސަރުކާރުން މިކަމާބެހޭގޮތުން ވަކިއެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު