މައިސާގެ ޕޯސްޓަރު
މައިސާގެ ޕޯސްޓަރު
ގިނަ ބައެއްގެ މެދުގައި މަގުބޫލުވެފައިވާ ތަރި ރަޝްމިކާ މަންދަނާގެ ކުރިއަށް އޮތް ފިލްމު "މައިސާ" ގައި އޭނާ ފެނިގެންދާނީ ވަރަށް ތަފާތު ސިފައެއްގައި ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

"މައިސާ" ގެ ފުރަތަމަ ޕޯސްޓަރު މިހާރު ދައްކާލާފައިވާއިރު، އޭގައި ރަޝްމިކާ ފެނިގެންދަނީ ވަރަށްވެސް ބިރުވެރި ސިފައެއްގައެވެ. މި ފިލްމަކީ ޕުޝްޕާ 2 އަށް ފަހު، ދެން އޭނާ ފެނިގެންދާ އެންމެ ބޮޑު ޕްރޮޖެކްޓު ކަމަށް ރިޕޯޯޓުތަކުގައި ވެއެެވެ.

އަންފޯމިއުލާ ފިލްމްސްއިން ޕްރޮޑިއުސް ކުރާ މި ފިލްމަކީ އަންހެން ހަނގުރާމަވެރިއެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. މި ފިލްމުގައި ރަޝްމިކާ ފެނިގެންދަނީ މީގެ ކުރިން ދުވަހަކުވެސް އޭނާ ފެނިފައި ނުވާ ސިފައެއްގައެވެ.

މިއީ ޖަޒުބާތުން ފުރިގެންވާ ތުރިލާ ފިލްމެކެވެ. މި ފިލްމަށް ތައްޔާރު ވަމުންދާތާ ދެ އަހަރު ވެފައިވާ ކަމަށް ފިލްމުގެ ޑައިރެކްޓަރު ރަވިންދުރަ ޕުއްލޭ ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން