މަރްޔަމް ނަހްދާ ވަޙީދު   28 ޖޫން 2025 - 10:20
ބަތަލާ ޝެފާލީ
ބަތަލާ ޝެފާލީ
ބޮލީވުޑްގެ ތަރި ޝެފާލީ ޖަރީވާލާ މަރުވެއްޖެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި 42 އަހަރުގެ ޝެފާލީ މަރުވީ ރޭ މެންދަމު އެވެ. އަދި އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށާއި، ނަމަވެސް އެކަމުގެ އިތުރު މައުލޫމާތެއް ލިބިފައި ނުވާ ކަމަށް މީޑިއާ ރިޕޯޓުތަކުގައި ވެއެވެ.

ޝެފާލީ މަޝްހޫރިވެފައިވަނީ ގިނަ ބައެއްގެ މެދުގައި މަގުބޫލުވި ލަވަ "ކާންޓާ ލަގާ" އިންނެވެ. ޝެފާލީ ވަނީ ބިގް ބޮސް" އާއި "ނަޗް ބަލިޔޭ" ފަދަ އިންޑިއާގެ މަގުބޫލު ޓީވީ ޝޯތަކުގައި ވެސް ވާދަކޮށްފައެވެ.

އޭނަ އެންމެ ފަހުން ފެނިފައި ވަނީ ސްޓާ ބާރަތު އިން ގެނެސްދިން ރޮމޭންޓިކް ހޮރޯ-ފެންޓަސީ ސީރީސް "ޝައިތާނީ ރަސްމޭ" އިންނެވެ.

ޝެފާލީގެ ކުއްލި މަރާ ގުޅިގެން ފިލްމީ ދާއިރާގެ ވަރަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން