ސަރުކާރުން ބޯހިޔާވަހިކަމުގެ ގޮތުގައި ދޫކުރާ ފްލެޓްތަކަކީ ކުއްޔަށް ދީގެން އާމްދަނީ ހޯދުމަށް ދޫކުރާ މުދަލެއް ނޫން ކަމަށް، އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އާހާށޭ ބުނާނަން" ޕްރޮގްރާމްގައި އާއްމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. މިޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން ވަޒީރު ޑރ. ޢަބުދު ﷲ މުއްތަލިބު ވިދާޅުވީ ފްލެޓްތައް ކުއްޔަށް ދީގެން އާމްދަނީ ހޯދުމުގެ މަސައްކަތަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި، މިފަދަ އަމަލުތަކަކީ އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށެވެ.
"ފުލެޓްތައް ކުއްޔަށް ދީގެން އާމްދަނީ ހޯދުމުގެ މަސައްކަތް ވަރަށް ބޮޑު މައްސަލައެއް ޙަޤީޤަތުގައި. އަޅުގަނޑު ކުރީންވެސް މި ދެންނެވި އެއްވެސް ފަރާތަކަށް މި ދެނީ އެބަޔަކު އާމްދަނީ ހޯދަންދޭ މުދާ ގަނޑެއް ނޫނޭ. އަޅުގަނޑު މި ކުރާ ކަމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ހުރި ފަރާތްތަކަށް ހެޔޮ އަގުގައި ބޯހިޔާވަހިކަމަށް [ޝެލްޓާއެއް] ފޯރުކޮށްދެނީ،" ޑރ. މުއްޠަލިބް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ސަރުކާރުން ފޯރުކޮށްދޭ ބޯހިޔާވަހިކަމުގެ ތަންތަން މިސްޔޫސް ކުރުމަކީ، ވެފައި އޮންނަ އެއްބަސްވުމާ ޚިލާފު ވުމުގެ އިތުރުން، ބޯހިޔާވަހިކަމުގެ ދަތިކަން ހުރި ފަރާތްތަކުގެ ޙައްޤުތަކަށް އަރައިގަތުން ކަމަށެވެ. އަދި މިފަދަ ކަންކަމަކީ އެންމެ ރަނގަޅު ކަމެއް ނޫން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"އެހެންވީމާ އެތަން މިސްޔޫސް ކުރުމަކީ ޙަޔާތުގައި އެއީ ވެފައި އޮންނަ އެއްބަސްވުމާއި އަދި އަޅުގަނޑުމެންގެ ބޯހިޔާވަހިކަމުގެ ދަތިކަން ހުރި ފަރާތްތަކުގެ ޙައްޤުތަކަށް އަރައިގަތުމަށް މި ހުރިހާ ކަމެއްގައި ބަލާއިރު އެންމެ ރަނގަޅު ކަމެއް ނޫނޭ،" ޑރ. މުއްޠަލިބް ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރެއިން ދޫކުރާ ފުލެޓްތައް ކުއްޔަށް ދޫކުރުން ހުއްޓުވުމަށްޓަކައި، ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވަޒީރު ވަނީ ދެއްވާފައެވެ. ބޯހިޔާވަހިކަމާއި ބެހޭ ބިލް ފާސްވެގެން ދިޔުމުން މިފަދަ ފަރާތްތަކާ މެދު ފިޔަވަޅު އެޅުން ފަސޭހަވާނެ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
"އެކަން ހުއްޓުވުމަށްޓަކައި އަޅުގަނޑުމެން ގާނޫނީ ގޮތުން މިހާރު ގާނޫނު ފާސްވެގެން އަންނައިރު، އިރާދަކުރެއްވިއްޔާ އޭގެތެރޭގައި އޮންނާނެ އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެ އުސޫލުތަކާ އެއްޗެހި،" ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު