ދިވެހިރާއްޖޭގެ އާބާދީއާއި ތަރައްޤީ އެއްފަސްކޮށް، ގިނަ ހިދުމަތްތައް ފަސޭހައިން ފޯރުކޮށްދިނުމަށް ރަސްމާލެ ޕްރޮޖެކްޓަކީ ވަރަށް މުހިންމު މަޝްރޫޢެއް ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްތަލިބު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގުރާމެއް ގައި ވާހަކަ ދައްކަވަމުންނެވެ.
މި ޕްރޮގުރާމްގައި މިނިސްޓަރު ޑރ. މުއްތަލިބު ވަނީ ދިވެހިރާއްޖޭގެ ކުޑަ އާބާދީގެ ސަބަބުން ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ދިމާވާ ގޮންޖެހުންތަކަށް އަލިއަޅުވާލައްވާފައެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ދައުލަތުން ކިތަންމެ ބޮޑު ޚަރަދެއް ކޮށްގެން އިންފްރާސްޓްރަކްޗަރ ގާއިމުކުރި ނަމަވެސް، އެ ތަނެއްގައި އާބާދީއާއި ހިއުމަން ރިސޯސް ނެތް ނަމަ، އެ މަޝްރޫޢެއް ކާމިޔާބު ކުރުމަކީ އުނދަގޫ ކަމެކެވެ. އެގޮތުން ރާއްޖޭގެ އާބާދީއަކީ ގާތްގަނޑަކަށް 500،000 (ފަސްލައްކަ) މީހުން ކަމަށް ވާއިރު، މިހާ ކުޑަ އާބާދީއެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސަރަޙައްދެއް ތަރައްޤީ ކުރުމަކީ ދައުލަތަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މާލެއަށް އިންވަރޑް މައިގްރޭޝަން އިތުރުވަމުންދާ މައްސަލައަށް އަލިއަޅުވާލައްވައި ޑރ. މުއްތަލިބު ވިދާޅުވީ، މާލެއަށް ގިނަ އަދަދެއްގެ ބަޔަކު ބަދަލުވަމުންދާ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން ވަޒީރު ވިދާޅުވީ މިދިޔަ އަހަރު އެކަނިވެސް ގާތްގަނޑަކަށް 1100 (އެގާރަސަތޭކަ) ސްކޫލު ކުދިން މާލެއަށް ހިޖުރަކޮށްފައިވާ ކަމަށެވެ. މިވަރުގެ ބޮޑު އިންވަރޑް މައިގްރޭޝަނެއް އޮތުމުން، ރީޖަނަލް ޑިވެލޮޕްމަންޓް ނުވަތަ ސަރަޙައްދީ ތަރައްޤީ ގެނައުމަކީ ދަތިކަމަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ގޮންޖެހުތަކުން އަރައިގަތުމަށްޓަކައި، ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭންގެ ތެރެއިން އާބާދީއާއި ތަރައްޤީ އެއްފަސްކޮށްގެން ކުރިއަށް ދެވޭނެ ގޮތެއް ހޯދުމަށް ކަމަށް ޑރ. މުއްތަލިބު ވިދާޅުވިއެވެ. މިނިސްޓަރު މުއްތަލިބު ހާމަކުރެއްވި ގޮތުގައި، ރަސްމާލެ ޕްރޮޖެކްޓަކީ އާބާދީއާއި ތަރައްޤީ އެއްފަސްކުރުމަށްޓަކައި ވަރަށް މުހިންމު މަޝްރޫޢެކެވެ.
ރާއްޖޭގެ ގިނަ ރަށްރަށުގެ ރައްޔިތުން ރިލޮކޭޓްވާން ބޭނުންވާއިރު، ގިނަ މީހުން ބޭނުންވަނީ މާލެ ކައިރީގައިވާ ބޮޑު ރަށަކަށް ބަދަލުވާން ކަމަށް ވެސް ޑރ. މުއްތަލިބު ފާހަގަކުރެއްވިއެވެ. ރަސްމާލެ މަޝްރޫޢުން މި ފުރުސަތު ލިބިގެންދިއުމަކީ ގިނަ ރައްޔިތުންނަށް ގިނަ ޚިދުމަތްތައް ފޯރުކޮށްދެވޭނެ ގޮތެއް ކަމަށާއި، އަދި ތޮއްނުޖެހޭނެ ގޮތަކަށް ތަރައްޤީކުރުމަށް ވެސް ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އެއާ އެކު، އާބަން ރީޖަންތަކާއި އާބަން ސެންޓަރތައް ތަރައްޤީކޮށް، އެތަންތަނަށް އާބާދީ އެއްފަސް ކުރެވުމުން، ދައުލަތަށް ލިބޭނެ ފަސޭހަތަކުގެ މައްޗަށް ވެސް ޑރ. މުއްތަލިބު އަލިއަޅުއްވާލެއްވިއެެވެ. އެގޮތުން ރާއްޖޭގައި ގާތްގަނޑަކަށް 53 ރަށުގެ އާބާދީ 500 މީހުންނަށްވުރެ މަދުކަން ފާހަގަކުރައްވަމުން ވަޒީރު މުއްތަލިބު ވިދާޅުވީ، އެއިން ކޮންމެ ރަށެއްގައި ހުރިހާ ޚިދުމަތެއް ސަރުކާރުން ފޯރުކޮށްދޭންޖެހޭ ކަމަށާއި، އެއީ ވަރަށް ބޮޑު ގޮންތަކެއް ދިމާވާ ކަމެއް ކަމަށެވެ. އެހެންކަމުން އާބާދީއާއި ތަރައްޤީ އެއްފަސްކޮށްގެން ސަރަޙައްދީ ތަރައްޤީ ގެނައުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ނަމަވެސް މި ކަންކަން ފައިނަލްވެގެންދާނީ ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭން އެކުލަވައިލެވިގެން އަންނައިރު އޭގެތެރެއިން ކަމަށް ޑރ. މުއްތަލިބު ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫޢަކީ ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް އަމާޒުކޮށް ސަރުކާރުން ކުރިއަށް ގެންދާ ބޮޑު މަޝްރޫއެކެެވެ. ރަސްމާލޭގައި އެކަނިވެސް އެކިކަހަލަ 30 ހާސް ހައުސިންގ ޔުނިޓް އަޅާނެކަމަށް ރައީސ މުޢިއްޒު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު