ބިންވެރިޔާ ސްކީމުން ދޫކުރާ ގޯތިތައް 10 ބުރިއަށްވުރެ މައްޗަށް އިމާރާތް ކުރަން ހުއްދަ ދެވެން ނެތް ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބުދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްތަލިބު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި އާންމު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބުދުﷲ މުއްތަލިބު ވިދާޅުވީ ބިންވެރިޔާ ސްކީމުން ދޫކޮށްފައިވާ ގޯތިތައް 10 ބުރިއަށްވުރެ މައްޗަށް އިމާރާތް ކުރުމަށް ހުއްދަ ނުދެވޭ ސަބަބަކީ އާބާދީ ކޮންޓްރޯލްކޮށް، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަކަމާއެކު ދިރިއުޅުމުގެ ފުރުޞަތު ފަހިކޮށްދިނުން ކަމަށެވެ.
ވަޒީރު ޑރ. މުއްތަލިބު ވިދާޅުވީ، ގިނަ ފަރާތްތަކުން ބިންވެރިޔާ ސްކީމް ގޯތިތައް 10 ބުރިއަށްވުރެ މައްޗަށް އިމާރާތް ނުކުރެވޭތީ ޝަކުވާ ކުރަމުންދާ ކަމަށެވެ. ނަމަވެސް، ހަގީގަތުގައި 10 ބުރިއަށްވުރެ މައްޗަށް އިމާރާތްކޮށްފިނަމަ އެ ތަންތަން ތޮއްޖެހި، އެތަންތަނުގައި އުޅޭ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ދަތިތަކެއް ކުރިމަތިވާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، ސަރުކާރުން އެއްވެސް ފަރާތަކަށް، އަދި ބިން ގަނެފައި ހުރި ފަރާތްތަކަށް ވެސް، 10 ބުރިއަށްވުރެ މައްޗަށް އިމާރާތް ކުރުމުގެ ފުރުޞަތެއް ނުދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ޕޮޕިއުލޭޝަން، އާބާދީ ކޮންޓްރޯލް ކުރުމުގެ ގޮތުން ވަކި ރެސްޓްރިކްޝަނެއް ބަހައްޓަން ކުރިއަށް މި ގެންދަނީ. އެއީ އެކަމުގެ އެންމެ ބޮޑު ބޭނުމަކީ އެ ސަރަހައްދުގައި އުޅޭ ފަރާތްތަކަށް ހިތްފަސޭހަކަމާ އެކު އުޅުމުގެ ފުރުޞަތު ދިނުން،" ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރަށް އަބަދުވެސް ބިން ހިއްކަންޖެހޭ ކަމަށާއި، ނަމަވެސް އެއާ ގުޅުންހުރި އެހެން ޚިދުމަތްތައް ގެނައުމުގައި ގޮންޖެހުންތަކެއް ހުންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިސާލެއްގެ ގޮތުން ޙުޅުމާލޭގައި 7000 ފްލެޓް އިމާރާތްކޮށް ނިމި ދިރިއުޅެން ފެށިއިރު އެ ސަރަހައްދުގައި އެންމެ ސްކޫލެއް ވެސް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ. މިހާރު ވަގުތީ ސްކޫލަކާއި ދާއިމީ ސްކޫލެއް ހުރި އިރު، ތިންވަނަ ސްކޫލެއްގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އިތުރު 4000 ފްލެޓްގައި މީހުން ދިރިއުޅެން ފަށާއިރު، ގާތްގަނޑަކަށް 20،000 މީހުންގެ އާބާދީއަކަށް އެކަށީގެންވާ ވަރަށް ޚިދުމަތްތައް އަދިވެސް ފޯރުކޮށްނުދެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން މިސްކިތް އިމާރާތް ކުރުމާއި ސްކޫލް އިމާރާތް ކުރުމާއި، ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައް ލިބޭނެ ތަންތަން އިމާރާތް ކުރުމުގައި ސަރުކާރަށް އަބަދުވެސް ދަތިތައް ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި ހުރިހާ ކަމަކީ ވެސް ބޮޑެތި ޚަރަދުތަކެއް ހިނގާ ކަންކަން ކަމަށާއި، ނަމަވެސް އަބަދުވެސް އިސްކަން ދެވިފައި އޮންނަނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ނަމަވެސް، މިހާރު އިންޑިއަން ލައިން އޮފް ކްރެޑިޓްގެ ތެރެއިން މާލޭ ސަރަހައްދުގައި އިތުރު ގިނަ ސްކޫލްތަކެއް އެޅުމަށާއި، އިސްލާމިކް މިނިސްޓްރީއާ ގުޅިގެން މިސްކިތްތައް ބިނާ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޑރ. މުއްތަލިބު ވިދާޅުވިއެވެ. އަދި، އެޗްޑީސީން ވެސް ރެކްރިއޭޝަނަލް ފެސިލިޓީޒް ގާއިމުކުރުމަށާއި، އެކި ފަރާތްތަކުން ކޮމާޝަލް އުސޫލުން ވެސް ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރުގެ މަސައްކަތަކީ މުޅި ޙުޅުމާލެ ތަރައްޤީވެގެންދާއިރު ހުރިހާ ޚިދުމަތްތަކެއް ލިބެން ހުރުން ކަމަށް ވެސް ވަޒީރު ޑރ. މުއްތަލިބު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު