ބޮލީވުޑްގެ މަޝްހޫރު ތަރި ކާޖަލްގެ އެންމެ ފަހުގެ ފިލްމު "މާ" ނެރެ، ޑިސްޓްރިބިއުޓު ކުރި ގޮތާމެދު ފިލްމުގެ އުފެއްދުންތެރިން ހިތްހަމަނުޖެހޭ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ބޮލީވުޑް ހަންގާމާގެ ރިޕޯޓެއްގައި ބުނީ "މާ" ނެރެފައިވަނީ 1500 ސްކްރީނުގައި ކަމަށާއި، އާންމު ގޮތެއްގައި އެފަދަ ފިލްމެއް 2000 ވަރަކަށް ސްކްރީނުގައި އަޅުވާ ކަމަށެވެ. އަދި ފިލްމުގެ ޝޯތައްް ސިނަމާތަކަށް ރަނގަޅަށް ބަހާފައި ނުވާ ކަމަށްވެސް ފިލްމުގެ އުފެއްދުންތެރިންނާ ހަވާލީ ރިޕޯޓު ކޮށްފައި ވެއެވެ. އެހެންވެ، ފިލްމު ގިނަ ބަޔަކަށް ފެނިފައި ނުވާ ކަމަށްބުނެ ފިލްމުގެ އުފެއްދުންތެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަދި މި ފިލްމު ރަނގަޅަށް ނެރެ ޑިސްޓްރިބިއުޓު ކުރެވުނު ނަމަ، ފިލްމަށް ލިބޭ އާމްދަނީ ބޮޑުވާނެ ކަމަށްވެސް ފިލްމުގެ އުފެއްދުންތެރިން ވަނީ ބުނެފައެވެ.
މިމަހު 27 ގައި ނެރުނު "މާ" އަކީ ކާޖަލްގެ ފުރަތަމަ ބިރުވެރި ފިލްމެވެ. މި ފިލްމުގައި ކާޖަލް ފެނިގެންދާނީ ޝައިތާނީ ވަސްވާހުން ދަރިފުޅު ސަލާމަތްކުރަން އުޅޭ، ބިރުކުޑަ މަންމައެއްގެ ސިފައިގައެވެ.
އެގޮތުން ދަރިފުޅު ސަލާމަތް ކުރުމަށް ޝައިތާނުންނާ ކުރިމަރިލުމުގެ ތެރޭގައި ދިމާވާ ބިރުވެރި އެތައް ކަމެއް މި ފިލްމުން ފެނިގެންދާނެ ކަމަށް ރިޕޯޓުގައި ވެއެވެ.
މި ފިލްމަކީ ވިޝާލް ފޫރިއާ ޑައިރެކްޓްކުރާ ފިލްމަކަށްވީއިރު، މި ފިލްމު ޕްރޮޑިއުސް ކުރާނީ އަޖޭ ދޭވްގަން އެވެ. ކާޖަލްގެ އިތުރުން މި ފިލްމުގެ މުހިންމު ތަރިންގެ ތެރޭގައި ހިމެނެނީ އިންދްރަނޭލީ ސެންގުޕްތާ، ޖިތިން ގުލާޓީ އަދި ހެރިން ޝަރުމާ އެވެ.

ކިޔުންތެރިންގެ ހިޔާލު