ބޮލީވުޑްގެ މަޝްހޫރު ފިލްމު އުފެއްދުންތިރާ ޖާވިދު އަޚްތަރު ހުރީ "ސަރްދާރް ޖީ 3" ގެ ސަބަބުން ހޫނު ފެނަށް ވެއްޓިފައިވާ ތަރި ދިލްޖިތު ދޯސަންޖުއާ އެެއްކޮޅަށެވެ.
ދިލްޖިތު ހޫނު ފެނަށް ވެއްޓިފައިވަނީ އޭނާގެ އެންމެ ފަހުގެ ފިލްމުގައި ޕާކިސްތާނުގެ ފިލްމީ ތަރިން ހިމަނާފައިވާތީއެވެ. އެހެންވެ، ވަރަށް ގިނަ ބަޔަކު ވަނީ ދިލްޖިތު އަކީ އަމިއްލަ ވަތަންދެކެ ލޯބިވާ މީހެއް ނޫން ކަމަށާއި، އޭނާގެ ފިލްމުތައް ބޮއިކޮޓް ކުރަން ޖެހޭ ކަމަށް ބުނެ އަޑު އުފުލާފައެވެ.
އެގޮތުން އެ ފިލްމުގައި ޕާކިސްތާނުގެ ބަތަލާ ހާނިއާ އާމިރު މުހިއްމު ރޯލަކުން ފެނިގެންދާތީ، ފިލްމު ނެރުމަށްވެސް ހަމަޖެހިފައިވަނީ އިންޑިއާއިން ބޭރުގައެވެ. އަދި ބޮލީވުޑްގެ ފިލްމު "ބޯޑާ 2"އިން ދިލްޖީތު ވަކި ކުރުމަށް ފިލްމު ފެޑެރޭޝަނުން ވަނީ ގޮވާލާފައެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި މި މައްސަލައަށް އިޝާރާތް ކުރަމުން ޖާވިދު ބުނީ އެ ފިލްމު ޝޫޓުކޮށްފައިވަނީ ޕަހާލްގަމް ހަމަލާގެ ކުރިން ކަމަށާއި، އެ ހަމަލާގެ އެއްވެސް މައުލޫމާތެއް ފިލްމު ޝޫޓު ކުރުމުގެ ކުރިންނެއް ނޭނގޭނެ ކަމަށެވެ. އަދި ފިލްމުގެ ޕްރޮޑަކްޝަން ނިމިފައިވުމުން، އެ ފިލްމު ނެރެން ޖެހޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
އަދި އެ ހަމަލާގެ ކަންތައް ކުރިން އެނގުނުނަމަ ޕާކިސްތާނުގެ ތަރިންނަކާއެކު ދިލްޖިތު މަސައްކަތް ނުކުރާނެ ކަމަށްވެސް ޖާވިދު ވަނޯ ބުނެފައެވެ.
ޖާވިދު އިތުރަށް ބުނީ، ފިލްމު ބޮއިކޮޓު ކުރުމުންވެސް ގެއްލުންވާނީ އިންޑިއާގެ ޕްރޮޑިއުސަރުންނަށް ކަމަށާއި، ފައިސާވެސް ދާނީ އިންޑިއާގެ ޕްރޮޑިއުސަރުންގެ އަތުން ކަމަށެވެ. އަދި މިކަމުން ޕާކިސްތާނަށް ލިބޭ ގެއްލުމެއް ނުފެންނަ ކަމަށާއި، އެހެންކަމުން ދިލްޖިތު ބޮއިކޮޓު ކުރަން ގޮވާލުމުގެ ފައިދާއެއްވެސް ނެތް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު