އައްޑޫ ސިޓީގެ ހަންކެޑެ "ހަލާލް ޓޫރިޒަމް" އަށް ޚާއްސަކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ގޯސްކޮށް ކުރާ ކަމެއް ކަމަށާއި، އެއިން އެއްވެސް ނަތީޖާއެއް ނުފެންނާނެ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް، ރޭ ވިދާޅުވެއްޖެއެވެެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ހަލާލް ޓޫރިޒަމް އަކީ އެއްވެސް އިރެއްގައި ތަޖުރިބާކުރެވިފައި ނުވާ، އަދި ނަތީޖާއެއް ލިބޭނެ ކަމަށް ގަބޫލުނުކުރެވޭ އުފެއްދުމެއް ކަމަށެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، އައްޑޫ އަތޮޅަކީ ޙަޤީޤަތުގައި ވެސް ޚާއްޞަ އަޅާލުމެއް އަޅާލަންޖެހޭ ތަނެކެވެ. ކުރީގެ ދުވަސްތަކުގައި ވަރަށް ދިރުންހުރި، އިތުބާރު ކުރެވޭ އިގްތިސާދެއް އެ އަތޮޅުގައި އޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެކި ސަރުކާރުތަކުން އެކިވަރަށް ކަންތައްތައް ކޮށްދޭން މަސައްކަތް ކުރި ނަމަވެސް، އެމްޑީޕީގެ ދެ ސަރުކާރުން އެމީހުންނާ ނުބައްދަލު ވާހަކަތަކެއް ދެއްކުމުގެ ސަބަބުން، އައްޑޫ އަތޮޅުގެ ރައްޔިތުން މާޔޫސްވެ، އެމީހުންގެ އިތުބާރު ގެއްލުނު ކަމަށް ޔާމީން ވިދާޅުވިއެވެ.
"ދެން މިހާރު ހަންކެޑޭގައި މި އިއުލާން މިކުރަނީ ހަލާލު ޓޫރިޒަމްގެ ވާހަކަ. ހަލާލު ޓޫރިޒަމޭ ބުނީމާ ބޮޑަށް ގަބޫލުކުރަނީ މި ލަފުޒު ހަލާލު އައިމަ މިހާރު އެ އޮތް ޓޫރިޒަމާ ތަފާތު ވަނީ. މިހާރު މި އޮތީ ޙަރާމް ޓޫރިޒަމް އިނގޭތޯ،" ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޔާމިން ވިދާޅުވީ، ދީނުގައި ހަލާލާއި ޙަރާމްގެ މާނަ ނަގާނަމަ، ރަލާއި އޫރުމަސް ފަދަ ކަންކަން ހިމެނޭތީ، މިހާރު އޮތް ޓޫރިޒަމަކީ ޙަރާމް ޓޫރިޒަމަކަށް ވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ހަންކެޑެއަށް ތަޢާރަފުކުރާ "ހަލާލު ޓޫރިޒަމް" އަކީ "އިންފީރިއަރ ކޮލިޓީ" ޕްރޮޑަކްޓަކަށް ވެގެން ނުވާނެ ކަމަށެވެ.
"އައްޑޫއަތޮޅު ޑިޒަރވް ލޮޓް މޯ އިން ދަޓް [އައްޑޫއަތޮޅު އެއަށްވުރެ މާބޮޑަށް ޙައްޤު]. އެހެން ވެގެނެއް ނުވާނެ. މިހާރު މި ޙަލާލު ޓުއަރިޒަމް އައިމާ މި އަންނަނީ އެކްސްޕަރިމެންޓަލް ޕްރޮޑަކްޓްސް [ތަޖުރިބާ ކުރުމުގެ އުފެއްދުމެއް]. އެކްސްޕަރީމެންޓަލް ޕްރޮޑަކްޓެއް މި ޕްރޮޑަކްޓްގެ ވެލިއުއެއް ނެތް،" ކުރީގެ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މި ޕްރޮޑަކްޓުން ޓިޕްސް ލިބޭނެ ކަމަށް ނުވަތަ އެތަނުގައި އޮކިއުޕަންސީއެއް ގެރަންޓީވާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި، ރާއްޖެއަށް އަންނަ މީހުންނަކީ ހަމައެކަނި މޫދު ބަލާން އަންނަ ބަޔަކު ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި އެމީހުން އަންނަނީ "ގުޑް ޓައިމް" ހޭދަކޮށްލަން ކަމަށާއި، އެކަމުގައި ދިވެހިންނަށް ކަމުނުދާ ކަންކަން ހުއްޓަސް، މިހާރުގެ ޓޫރިޒަމްގެ މޮޑެލް ހުރީ ދިވެހިން އެ ކަންކަމުން ދުރުހެލިވާ ގޮތަށް ކަމަށް ޔާމިން ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ، ގިނަ ދުވަސްތަކެއް ވަންދެން މަޑުކުރުމަށްފަހު، ހަންކެޑެ މިވަނީ އެއްގޮތަކަށްވެސް ތަޖުރިބާކުރެވިފައި ނުވާ "ޓްރަޔަލް ޕްރޮޑަކްޓް" (އަޖުމަ ބެލުން) އެއްގެ ތެރެއަށް ވައްޓާލެވިފައި ކަމަށެވެ.
"މިއީ ވަރަށް ގޯސްކޮށް ކުރާ ކަމެއް. މިގޮތަކަށް ޓެސްޓް އައުޓް ކުރާނެ ކަމެއް ނެތް އައްޑު އަތޮޅުގައި ކަމެއް ކުރެވޭތޯ ބަލަންވީ." ރައީސް ޔާމިން ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނީ ހަލާލު ޓޫރިޒަމް ތަރައްޤީ ކުރަން ބޭނުންނަމަ، މާލެ އަތޮޅު ފަދަ މިހާރުވެސް "ޙަރާމް ޓޫރިޒަމް" ހުރި ތަންތަނުގައި އެކަން ކުރުމަށް ފުރްޞަތު ދިނުމަށް ގޮވާލައްވާފައެވެ. އަދި އައްޑޫ އަތޮޅަށް މިހާރުވެސް މިހާރުގެ "ޙަރާމް ޓޫރިޒަމް" ގެ ފުރިހަމަ ފައިދާ ލިބެންވާނެ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ސަރުކާރެއް ކަމަށް ބުނަމުންދާ ނަމަވެސް، ހަންކެޑެއާ ގުޅޭގޮތުން ނިންމާފައި މިވަނީ ރައްޔިތުންނާ މަޝްވަރާކުރުމަކާ ނުލައި ކަމަށެވެ.
"މިއީ އަދި ކަމުދާ ގޮތެއް ނޫން. އަޅުގަނޑު ހަމަ މި އަދި އޮބްޒަވޭޝަން މި ފާހަގަކުރީ މިއީ އަންޓެސްޓެޑް ޕްރޮޑަކްޓެކޭ، މިއަކުން ލިބޭނީ ބެނިފިޓެއް ނެތޭ، މިއީ މީތި ވައިބަލް އެއްޗެއްކަން ވެސް ނޭނގެ އަދި،" ރައީސް ޔާމީން ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ ހަންކެޑެ ”ހަލާލް ޓޫރިޒަމް“ ތަރައްޤީ ކުރާ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.
ސ. މަރަދުއާ އިންވެގެން އޮންނަ އައްޑޫ ހަންކެޑެ ތަރައްގީކުރަން އެންމެ ފުރަތަމަ ސަރުކާރުން ހުޅުވާލީ، މީގެ 20 އަހަރު ކުރިން، 2005 ގަ އެވެ. އޭގެ ފަހުން އެކި ސަރުކާރުތަކުން މި މަޝްރޫއު ހިންގަން އިއުލާންކޮށް، މިހާތަނަށް ކުރިއަށް ނުގެންދެވި އެ މަޝްރޫޢު ހުއްޓިފައިވާތާ އެތައް ދުވަހެއް ވަނީ ވެފައެވެ.
ފަތުރުވެރިކަން ތަރައްޤީވެފައި ނުވާ އަތޮޅު ތަކުގައި ފަތުރުވެރިކަން ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ރާއްޖޭގެ 6 ސަރަހައްދެއްގައި ޙަލާލު ޓޫރިޒަމް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ވަނީ ނިންމަވައިފައެވެ.
މި ނިންމެވުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން މި މަޝްރޫޢު ތަންފީޒުކުރުމުގެ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއީ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ސަރުކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު