ޑެބިޓް ކާޑްގެ ލިމިޓް ދެގުނަ ބޮޑުކޮށް އޮންލައިން ޓްރާންސެކްޝަނަކަށް 30 ޕަސެންޓުގެ ފީއެއް ނަގަން ނިއްމީ މުޅި މުޖުތަމައުގެ ބޭނުންތައް ހަމަހަމަ އުސޫލަކުން އިންތިޒާމުކުރުމަށް އިސްކަންދޭން ވެގެން ކަމަށް ގައުމީ ބޭންކް، ބީއެމްއެލް އިން މިއަދު ބުނެފިއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑުތަކުން ބޭރު ޤައުމުތަކުގެ މުދަލާއި ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ މަހު ލިމިޓް، އާދީއްތަ ދުވަހުން ފެށިގެން 250 އެމެރިކާ ޑޮލަރުން 500 އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން، ޓެމޫ، ޝީއިން، އަލީބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ފަދަ އޮންލައިން މާކެޓްޕްލޭސްތަކުން މުދާ ގަތުމަށް ކުރެވޭ މުޢާމަލާތްތަކަށް، ކޮންމެ ޓްރާންސެކްޝަނަކަށް 30 އިންސައްތައިގެ ފީއެއް ނެގުމަށް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ނިންމާފައެވެ.
އެކަމާ ގުޅގެން ބޭންކް އޮފް މޯލްޑިވްސްއިން (ބީއެމްއެލް) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަސްޓަމަރުންގެ ބޭރު ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން މަހަކު 45 މިލިއަން އެމެރިކާ ޑޮލަރު ދޫކުރަމުންދާ ކަމަށެވެ. މި އަދަދުގެ 75 އިންސައްތައަކީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ މުޢާމަލާތްތަކަށް ކަމަށް ދިވެހިރާއްޖޭގައި އެންމެ ގިނަ ކަސްޓަމަރުން ޚިދުމަތް ހޯދާ ގައުމީ ބޭންކުން ފާހަގަކޮށްފައިވެއެވެ. މިއީ ދިވެހި ރުފިޔާއިން ބަލާއިރު، އޮންލައިން ވިޔަފާރިއަށް ދުވާލަކު ގާތްގަނޑަކަށް 17.3 މިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދެއް ކަން ފާހަގަކޮށްލެވެއެވެ.
ބީއެމްއެލް އިން މައުލޫމާތު ދީފައިވާގޮތުގައި އޮންލައިން ވިޔަފާރީގެ މުޢާމަލާތްތަކުގެ ތެރެއިން 25 އިންސައްތަ (ތިންބައިކުޅަ އެއްބައި) ހޭދަކުރެވެނީ ބޭންކުން އިޢުލާނުކުރި ހަ މާޗެންޓަށެވެ. އެއީ ޓެމޫ، ޝީއިން، އަލީބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭއެވެ. މީގެ ތެރެއިން ޓެމޫއަށް އެކަނި މަހަކު ހަތް މިލިއަން ޑޮލަރު ދޫކުރަން ޖެހޭ ކަމަށާއި، މި ޕްލެޓްފޯމުން ގެންނަ ގިނަ ތަކެތި ބޭނުންކުރެވެނީ ވިޔަފާރީގެ ބޭނުމަށް ކަމަށްވެސް ޤައުމީ ބޭންކުން ހާމަކޮށްފައިވެއެވެ.
ބޭންކުން ގެނައި އާ ބަދަލުތަކުގެ ތެރޭގައި:
1. ޓިކެޓް ނެގުމާއި، ހޮޓެލް ބުކިންގ އަދި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުޢާމަލާތްކުރާ ވެބްސައިޓްތަކުން ފީއެއް ނުނެގުން.
2. ޑޮލަރު އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ ފީ ނުނެގުން.
3. ރާއްޖެއިން ބޭރުން މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ އަދަދު 500 ޑޮލަރަށް އިތުރުކުރުން (މިހާރު ނަގާ ފީ އިތުރުނުކޮށް).
4. ބޭރުގެ އޭޓީއެމްތަކުން މަހަކު ނެގޭނެ އަދަދު 125 ޑޮލަރަށް ހަނިކުރުމާއި، 10 ޑޮލަރުގެ ފީއެއް ނެގުން.
5. ޑެބިޓް އަދި ކްރެޑިޓް ކާޑުތަކަށް މަހަކަށް ކަނޑައެޅޭ ލިމިޓް ބެލުން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް.
ގައުމީ ބޭންކުން ބުނީ މި ބަދަލުތައް ގެނެސްފައިވަނީ މުޅި މުޖުތަމަޢުގެ ބޭނުންތައް ހަމަހަމަ އުސޫލަކުން އިންތިޒާމުކުރުމަށް އިސްކަންދިނުމުގެ ގޮތުން ކަމަށެވެ. އަދި ޚާއްޞަކޮށް ރާއްޖެއިން ބޭރުން ޑެބިޓް ކާޑުން ކުރާ މުޢާމަލާތްތަކުގައި އާންމު ފަރުދުންގެ އަސަސާސީ ބޭނުންތަކަށް އެކަށީގެންވާ ހައްލެއް ހޯދައިދިނުމަށް އިސްކަންދީފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު