ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީގެ މުވައްޒަފުން، ޑިއުޓީ ގަޑީގައި ފޯނު ބޭނުންކުރުން މަނާކޮށް އެމްއޭސީއެލުން މުވައްޒަފުންނަށް ނޯޓިސް އެއް ފޮނުވައިފި އެވެ.
ވެލާނާ އެއާޕޯޓް ހިންގާ އެމްއޭސީއެލުން މުވައްޒަފުންނަށް ފޮނުވާފައިވާ ނޯޓިސް ގައި ބުނީ މިއަދުން ފެށިގެން ޑިއުޓީ ފްރީގެ ސޭލްސް ސްޓާފުން ޑިއުޓީ ގަޑީގައި ފޯނު ބާއްވަން ޖެހޭނީ ލޮކަރުގައި ކަމަށެވެ. ފޯނު ބޭނުން ކުރެވޭނީ ހަމައެކަނި ބްރޭކް ގަޑީގައި ކަމަށް ވެސް އެ ނޯޓިސްގައިވެ އެވެ.
އެމްއޭސީއެލްގެ ނޯޓިސްގައިި ބުނެފައިވަނީ މިއީ މުވައްޒަފުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑު ހިފެހެއްޓުމަށާއި ކަސްޓަމަރުންނަށް ދޭ ހިދުމަތް ރަނގަޅު ކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. މިކަމާ ގުޅިގެން ޑިއުޓީ ފްރީގައި މަސައްކަތްކުރާ މުވައްޒަފުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމްއޭސީއެލްގެ ބައެއް މުވައްޒަފުން ބުނީ ޑިއުޓީގައި ހުންނަ ގަޑީގައި ފޯނު ނެތުމުން އާއިލާ ގެ ހާލު ބެލުމަށާއި ދަރިންގެ ހާލު ބެލުމަށް ދަތިތައް ކުރިމަތިވާނެ ކަމަށެވެ. މިއީ އިންސާނީ ހައްގަށް އަރައިގަތުން ކަމަށް ބުނެ ޑިއުޓީ ފްރީ މުވައްޒަފުންގެ ވައިބާ ކޮމިއުނިޓީ ގްރޫޕުގައި އެކަމާ މެދު ވަނީ ޝަކުވާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު