ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމެންޓު ލިބޭނެ ދުވަސް ކުރިއާލާ އެނގޭނެފަދަ ސިސްޓަމެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީއަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް، އާސަންދަ އަދި އެންސްޕާގެ ވެރިން ހާޒިރުކޮށް، ޑޮކްޓަރަށް ދެއްކުމާއި ހޮސްޕިޓަލުގެ ބިލުތަކަށް ފައިސާ ދެއްކުން ފަދަ އާންމުންގެ ކަންބޮޑުވުން ހުންނަ މައްސަލަތަކާ ގުޅޭގޮތުން މިއަދުވަނީ ސުވާލުކޮށްފަ އެވެ.
އެ ކޮމެޓީގައި ވާހަކަ ދައްކަވަމުން މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޑެޕިޔުޓީ ސީއީއޯ ޑރ. ޝާހު މާހިރު ވިދާޅުވީ އައިޖީއެމްއެޗާއި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ ހޮސްޕިޓަލުތަކަށް ދައްކާ ބަލިމީހުން ފޮލޯ އަޕަށް ދައްކަން ޑޮކްޓަރުން އެދޭ ނަމަ އެފަދަ ބަލިމީހުންނަށް އިސްކަންދޭ ކަމަށެވެ.
އެގޮތުން ގިނަ ޑިޕާޓަމަންޓުތަކުގައި ފޮލޯއަޕަށް ދައްކާ މީހުންނަށް ތަފާތު ކިއުއެއް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އެޕޮއިންޓުމެންޓު ލިބޭނެ ދުވަސް ނޭނގުމުގެ މަސައްލައަށް ހައްލު ހޯދުުމަށް އެޕޮއިންޓު ސިސްޓަމެއް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އެ ސިސްޓަމާ އެކު ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓުމެންޓު ލިބޭނެ ތާރީހާއި ގަޑި ބަލިމީހާއަށް އެނގޭނެ ކަމަށް ޝާހު ވިދާޅުވިއެވެ. އަދި މި އަހަރު ނިމޭއިރު ހުރިހާ ޑިޕާޓްމަންޓަކަށްވެސް އެ ސިސްޓަމަށް ދެވޭ ގޮތަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ޝާހު ވިދާޅުވިއެވެ.
އެއާއެކު ޑޮކްޓަރަށް ދައްކަން ރަށްރަށުން މާލެ އަންނަ މީހުންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެކަމަށްވެސް އޭނާ ފާހަގަަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު