އެމަނިކުފާނު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ރާއްޖެއާ އެ ޤައުމާއި އޮތް ގުޅުމުގެ މުޅީން އައު ބާބެއް ފެށިގެން ގޮސްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ޖޫން މަހުގެ 29 އިން މިއަދުގެ ނިޔަލަށް އެމަނިކުފާނު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ އެ ޤައުމުން ފުރާވަޑައިގަތުމުގެ ކުރީން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސްގެ ޕޯސްޓްގައި ވަނީ މިދަތުރުފުޅުގައި އެމަނިކުފާނާއި ވަފުދަށް ބެހެއްޓެވި މެހެމާން ދާރީއަށް ސިންގަޕޫރުގެ ބޮޑުވަޒީރު އަދި މާލީ ވަޒީރު، ލޯވްރެންސް ވޮންގް އާއި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އާއި އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ޝުކުރުއަދާ ކުރައްވާފަ އެވެ.
ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ މި ދަތުރުފުޅުގައި ދެ ޤަައުމުން މުހިންމު ކަންކަމާއި ގުޅޭގޮތުން ބޭނުންތެރި މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ. އެ މަޝްވަރާތަކަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މުހިންމު މަޝްވަރާތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ދަތުރުފުޅުގެ ތެރެއިން މުހިންމު އެއްބަސްވުންތަކެއް ޤާއިމުކުރެވިފައިވުމަކީ ވަރަށް އުފާފުޅު ކުރައްވާ ކަމެއް ކަމަށެވެ. އަދި އެ ޤައުމުގައި ބޭއްވި ރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމަަކީ ކާމިޔާބު އަދި އުންމީދީ ފުރުސަތުތަކެއް ހުޅުވިގެންދިޔަ ފޯރަމެއް ކަން ރައީސް ވަނީ ފާހަގަަކުރަށްވާފައެވެ.
ރައީސްގެ ޕޯސްޓްގައި މި އަހަރަކީ ރާއްޖެއާ ސިންގަޕޫރުގެ ގުޅުމަށް ވަރަށް ޚާއްސަ އަހަރެއްކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން ރާއްޖެއާ ސިންގަޕޫރުން ޚާރިޖީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރޭ މި ތާރީޚީ މުނާސަބަތާއި ގުޅުވައިގެން އެ ޤައުމަށް ކުރެއްވި ދަތުރުފުޅުން ދެ ޤައުމުގެ ގުޅުމުގެ އައު ބާބެއް ފެށުނު ކަމަށް ޔަޤީން ކުރައްވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

His Excellency President Dr @MMuizzu and First Lady Madam @sajidhaamohamed depart Singapore after concluding their state visit. Coinciding with the 50th anniversary of diplomatic relations between the two island nations, the visit included high-level meetings, the signing of… pic.twitter.com/DOtFROUc5Q
— The President's Office (@presidencymv) July 2, 2025
ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ މި ދަތުރުފުޅުގައި ދެ ޤަައުމުން މުހިންމު ކަންކަމާއި ގުޅޭގޮތުން ބޭނުންތެރި މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ. އެ މަޝްވަރާތަކަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މުހިންމު މަޝްވަރާތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ދަތުރުފުޅުގެ ތެރެއިން މުހިންމު އެއްބަސްވުންތަކެއް ޤާއިމުކުރެވިފައިވުމަކީ ވަރަށް އުފާފުޅު ކުރައްވާ ކަމެއް ކަމަށެވެ. އަދި އެ ޤައުމުގައި ބޭއްވި ރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމަަކީ ކާމިޔާބު އަދި އުންމީދީ ފުރުސަތުތަކެއް ހުޅުވިގެންދިޔަ ފޯރަމެއް ކަން ރައީސް ވަނީ ފާހަގަަކުރަށްވާފައެވެ.
ރައީސްގެ ޕޯސްޓްގައި މި އަހަރަކީ ރާއްޖެއާ ސިންގަޕޫރުގެ ގުޅުމަށް ވަރަށް ޚާއްސަ އަހަރެއްކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން ރާއްޖެއާ ސިންގަޕޫރުން ޚާރިޖީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރޭ މި ތާރީޚީ މުނާސަބަތާއި ގުޅުވައިގެން އެ ޤައުމަށް ކުރެއްވި ދަތުރުފުޅުން ދެ ޤައުމުގެ ގުޅުމުގެ އައު ބާބެއް ފެށުނު ކަމަށް ޔަޤީން ކުރައްވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ހިޔާލު