ފާމަސީ ތަކަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި އާސަންދަ ކުންފުނިން ފަމަސީތަކަށް ދޭން ޖެހޭ ފައިސާ ދިނުމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން އަމްރު ގޮވާލައްވައިފިއެވެ.
އާސަންދައިގެ ހިދުމަތްދޭ ބޭސްފިހާރަތަކުގައި ހުންނަ އާސަންދައިގެ ދަށުން ލިބެންޖެހޭ ބޭސްތައް އާސަންދައިގެ ދަށުން ދޫނުކޮށް، އެބޭހަށް ފައިސާނަގާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެކުންފުނިން ވަނީ ދީފައެވެ. އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން އަމްރު ވިދާޅުވީ، ފިޔަވަޅު އެޅުމުގެ ބަދަލުގައި، ފާމަސީތަކަށް އާސަންދައިން ނުދީ ހުރި އެތައް މިލިއަން ރުފިޔާއެއް ދައްކާ އަދި ގަވައިދުން ފައިސާ ދޫކުރަން ޖެހޭ ކަމަށެވެ. އަމްރު ފާހަގަކުރެއްވި ގޮތުގައި، އާސަންދައިގެ ދަށުން ބޭސް ނަގަންދާ ބަލި މީހާއަށް ފާމަސީތަކުން ވަގުތުން ބޭސް ދޫކުރިޔަސް، އެ ބޭސް ސިޓީއަށް އާސަންދައިން ފައިސާ ދޫކުރަން އަހަރު ދެއަހަރުގެ ދިގު މުއްދަތެއް ނަގައެވެ.
މިއީ ދުވަސްވީ މައްސަލައެއް ކަމަށާއި، މިކަމުގެ ސަބަބުން ފާމަސީތަކަށް ބޭސް އިތުރަށް އެތެރެކުރެވޭނެ ގޮތެއް ނޯންނަ ކަމަށް އަމްރު ފާހަގަކުރެެއްވިއެވެ. އޭނާ ވިދާޅުވީ ބޭސް އެތެރެކުރުމަށް ބޭނުންވާ ފައިސާ ލިބޭނީ، އާސަންދައިގެ ދަށުން ދޫކުރި ބޭސް ސިޓީތަކަށް ފައިސާ ލިބިގެން ކަމަށް ވާތީ، ފައިސާ ލަސްވުމަކީ ބޭސް ސްޓޮކް ކުރުމަށް ފާމަސީތަކަށް ވަރަށް ބޮޑަށް ހުރަސް އެޅޭ ކަމަށެވެ.
މިހާލަތުގައި ބައެއް ފާމަސީތަކުން އާސަންދައިގެ ދަށުން ލިބެންޖެހޭ ބޭސްތަކަށް ފައިސާ ނަގަމުންދާ ކަމުގެ ޝަކުވާތައް އާސަންދަ ކުންފުންޏަށް ލިބި، އެކަމަށް ފިޔަވަޅު އެޅުމަށް ނިންމުމުން، މިކަމާ ގުޅިގެން އަމުރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ފާމަސީތަކުން އެގޮތަށް ބޭހަށް ފައިސާ ނަގަނީ، އެމީހުން ބޭސް އެތެރެކުރުމަށް ބޭނުންވާ ފައިސާ ހޯދަން މަސައްކަތްކުރާތީ ކަމަށެވެ. އެހެންކަމުން، މިފަދަ ފިޔަވަޅު އެޅުމުގެ ބަދަލުގައި، ފާމަސީތަކަށް އާސަންދައިން ނުދައްކާ ހުރި އެތައް މިލިއަން ރުފިޔާއެއް އަވަހަށް ދައްކާ، އަދި ގަވައިދުން ފައިސާ ދޫކުރާނެ ނިޒާމެއް ހަދަންޖެހޭ ކަމަށް އަމްރު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވެފައިވަނީ ބޭހުގެ އަގުތަކަށް ސަރުކާރުން ގެނައި ބަދަލަށް ފަހު، އާސަންދައިން ބޭސް ހޯދަން ދިއުމުން ބޭސް ނުހުންނަ ކަމަށް ގިނަ ފާމަސީތަކުން ބުނަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް ހަމަ އެ ބޭސް، އެ ފާމަސީއަށް ގަންނަން ދިއުމުން ލިބެން ހުންނަ ކަމަށް ބުނެ ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމީ ބޮޑު ކަންބޮޑުވުމެއް ކަމަށާއި ބޭސް ދޫކުރުމާ ގުޅޭގޮތުން ފާމަސީތަކުން އަމަލުކުރަންޖެހޭ ހާއްސަ އުސޫލެއް އެންސްޕާއިން ކަނޑައަޅާފައި ވާކަމަށް ޒީނިޔާ ވިދާޅުވިއެވެ. ނަމަވެސް، އެ އުސޫލާ ހިލާފުވާ ފާމަސީތަކެއް ފާހަގަކުރެވޭތީ އާސަންދައިން އެ އުސޫލު ރިވިއުކޮށް، ފިޔަވަޅު އަޅަމުން އަންނަ ކަމަށާއި، އުސޫލާ ހިލާފުވާ ފާމަސީތައް ޖޫރިމަނާކޮށް، ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ޒީނިޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު