ބޮލީވުޑްގެ ތަރި އަޔުޝްމާން ކުރާނާ އާއި، ސާރާ އަލީ ޚާން އެކުގައި ބޮޑު ސްކްރީނުން ފެންނަން އުޅޭ ކަމަށް މީޑީއާތަކުން ރިޕޯޓު ކޮށްފިއެވެ.
މި ދެ ތަރިން އެކުގައި ފެނިގެންދާނީ މަޝްހޫރު ޑައިރެކްޓަރު މުދައްސަރު އަޒީޒް އަލަށް އުފައްދާ ކޮމެޑީ ފިލްމުންނެވެ. މި ފިލްމަކީ ބުޝަން ކުމާރު އަދި ޖޫނޯ ޗޯޕްޅާ ގުޅިގެން ޑައިރެކްޓު ކުރާ ފިލްމެކެވެ.
މި ފިލްމަށް ވަކި ނަމެއް އަދި ދީފައިނުވިނަމަވެސް، ފިލްމުގެ ޝޫޓުތައް އަންނަ އޮގަސްޓު މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
ޕިންކްވިލާގެ ރިޕޯޓެއްގައި ބުނީ މިއީ ސާރާ ބޮލީވުޑަށް ތައާރަފްވުމަށްފަހު އޭނާ ލީޑު ތޯލަކުން ފެންނާނެ ދެވަނަ ފަހަރު ކަމުން އޭނާ ފިލްމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ސްކްރިޕްޓުވެސް ކަމުދިޔަ ކަމަށާއި، ޤައުމީ އެވޯޑު ހާސިލުކޮށްފައިވާ އެކްޓަރު އަޔުޝްމާންއާ އެކު ފިލްމެއްގައި މަސައްކަތް ކޮށްލުމުގެ ފުރުސަތު ލިބުމުންވެސް އޭނާ އުފާކުރާ ކަމަށް ރިޕޯޓުގައި ވެއެވެ.
މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ކުރީކޮޅުއެވެ. ނަމަވެސް ފިލްމު ނެރޭ ވަކި ދުވަހެއް އަދި އިއުލާނެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު