މުޅި ދައުލަތް މިދަނީ ކޮރަޕްޝަންގެ ތޫފާނުގައި ޖެހި ފުޑެމުން ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ އޮޑިޓް ރިޕޯޓްގައި ބޮޑެތި އޮޅުވާލުމާއި ވައްކަން ހުރިކަން ހާމަވުމާއި ގުޅިގެން ޑރ.ޝަހީމް ވިދާޅުވީ ރައްޔިތުން ވަރަށް ދެރަ ހާލަތެއްގައި ތިއްބައި އަދި ޤައުމު ބޮޑު ކާރިސާއެއްގައި އޮއްވާ މިވަރުގެ ވައްކަންތަކެއް ކުރުމުން މިކަންކަން ބެލަންޖެހޭ ކަމަށެވެ. މިއަދު ރާއްޖޭގެ ދައުލަތް ވެފައިވަނީ ކޮރަޕްޝަންގެ މޫތަކުން ވަކި ހިއްޕައި ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ސަރުކާރަކަށް ކަމުގައި ޑރ.ޝަހީމް ވިދާޅުވިއެވެ.

އޮޑިޓަ ޖެނެރަލް ހާމަކުރެއްވި އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ބެލުމުގައި އިންސާފްވެރިކަމާއިއެކު މިކަން ބެލޭނީ އެންޑީއެމްގެ ވެރިންނާއި، މިކަންކަމަށް ޚަރަދު ކުރަން ފައިސާ ދޫކުރެއްވި ފިނޭންސް މިނިސްޓރުވެސް ހައްޔަރުކޮށް ބަންދުގައި ބަހައްޓައިގެންކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި މިކަމުގައި ރައްޔިތުން އިންތިޚާބް ކޮށްފައިވާ މަންދޫބުން އެބޭފުޅުންގެ ޒިންމާ އުފުލުމުގައި ތެދެވެރިކަމާއިއެކު މަސައްކަތް ކުރަންޖެހޭ ކަމުގައި ޑރ.ޝަހީމް ވިދާޅުވިއެވެ.

"އެންޑީއެމްއޭ ގެ ވެރިންނާއި އެކު ފިނޭންސް މިނިސްޓަރ ވެސް ހައްޔަރުކޮށް ބަންދުގައި ބަހައްޓައިގެން ތަހުގީގް ކުރަންޖެހޭ. ވައްކަން ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ ޤާނޫނީ ޒިންމާ އުފުލަންޖެހޭ. މުޅި ދައުލަތް މިދަނީ ކޮރަޕްޝަންގެ ތޫފާނުގައި ޖެހި ފުޑެމުން." ޑރ.ޝަހީމް ވިދާޅުވިއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ އޮޑިޓް ރިޕޯޓްގައި، ފައިސާ ހަރަދުކުރަން ހުއްދަ ދިން ފަރާތްތަކުގެ މައްސަލަވެސް ބަލަން އޮޑިޓާ ޖެނެރަލް ވަނީ އަންގަވާފައެވެ. ޑިފެންސް މިނިސްޓަރ އަދި އެމްޑީޕީގެ ސްލޮޓެއްގައި ވަޒީރުކަން ކުރައްވާ މިނިސްޓަރ މާރިޔާ ދީދީގެ ބެއްލެވުގެ ދަށުން ހިންގާ ޑިޒާސްޓާ އޮތޯރިޓީގެ އޮޑިޓް ރިޕޯޓްގައި ކޮވިޑްގެ ޚަރަދު ތަކުގެ ނަމުގައި ބޮޑެތި ވައްކަންތަކެއް ކޮށްފައިވާކަން ވަނީ ހާމަވެފައެވެ.

ރިޕޯޓުން އެނގުނު ގޮތުގައި، ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންނާއި ކޮވިޑާ ގުޅޭ އޮޕަރޭޝަނުގައި ބައިވެރިވާ އެހެން ފަރާތްތައް ބައިތިއްބަން ހުޅުމާލެ އިން ގެސްޓް ހައުސް ކުއްޔަށް ހިފުމަށް އެންޑީއެމްއޭ އިން ހަރަދުކޮށްފައި ވަނީ އުސޫލާ ހިލާފަށެވެ. އެގޮތުން، ފްރޮންޓްލައިން ސްޓާފުންގެ އެކޮމޮޑޭޝަނަށް ހަރަދުކުރާނެ ގޮތުގެ އުސޫލެއް ކަނޑައަޅާފައި ނުވުމާއި އެއްބަސްވުމެއް ނެތި ގެސްޓް ހައުސްތަކަށް ފައިސާ ހަރަދުކޮށްފަައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ. އަދި އެއްބަސްވުމެއް ނެތި ގެސްޓް ހައުސްތަކަށް ފައިސާ ދެއްކި އިރު، އެ ތަންތަނުގައި ބޭނުންކުރީ ކިތައް ކޮޓަރިކަމާއި ހޯދީ ކޮންކޮން ހިދުމަތްތަކެއް ކަންވެސް އެންޑީއެމްއޭއިން ބަލައިފައެއް ނެތެވެ.

ގެސްޓް ހައުސްތަކުގައި މީހުން ބައިތިއްބަން އެ އޮތޯރިޓީން 16.7 މިލިޔަން ރުފިޔާ ހަރަދުކުރި އެވެ. އެ ތަންތަނަށް އެ ވަރަށް ހަރަދުކުރި އިރު އެއްބަސްވުމެއް ނެތުމުން އެކި ގެސްޓް ހައުސްތަކުން އެކި އަގު ނަގާފައިވާ ކަމަށާއި ބޭނުންނުކުރާ ކޮޓަަރިތަކާއި ހިދުމަަތްްތަކަށް ވެެސް ބިލްކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުންޏެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ކަނޑައެޅިފައިވާ ރޭޓަށްވުރެ ބުޑޮކޮށް ފެސިލިޓީއެއްގެ ގޮތުގައި ނެގި ރިސޯޓަކަށް ފައިސާ ދިންއިރު އެ ރިސޯޓަށް އަގުދީފައި ވަނީ ފަތުރުވެރިން އަތުން ނަގާ ޚާއްޞަ ޓެކުހެއް ކަމަށްވާ ޓީޖިއެސްޓީއާ ވެސް އެކުގައި ކޮޓަރިއަކަށް ދުވާލަކަށް 840ރ. ގެ ރޭޓުންނެވެ. އެގޮތަށް ބިލްކުރުމުން ވެސް ޑިޒާސްޓާއިން އެ ރިސޯޓަށް ފައިސާ ދެއްކި އިރު ސަރުކާރުން ކަނޑައަޅާފައި އޮތީ ބޭނުންކުރާ ކޮންމެ ކޮޓަރިއަކަށް 750ރ. ގެ ރޭޓުން އަގު ދިނުމަށެވެ.

އެެއްބަސްވެފައިވާ ރޭޓަށް ވުރެ އަގުބޮޑުކޮށް ފައިސާ ދެއްކުމުން އެ ރިސޯޓަށް ދައްކަން ޖެހޭ ފައިސާއަށް ވުރެ 12 ޕަސެންޓު އިތުރަށް ދައުލަތުން ހަރަދުވެފައި ވެ އެވެ. އެގޮތުން ސަރުކާރުން ކަނޑައެޅި އަގަށް ވުރެ އިތުރަށް އެ ރިސޯޓަށް 206،280ރ. ހަރަދު ކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން