ހައްވާ ޔުމްނު ރަޝީދު، މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓުނު ހާދިސާއާ ގުޅިގެން އޭނާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ކުރި މުޒާހަރާތަކުން ހައްޔަރުކުރި އަބްދުﷲ މަހްޒޫމް މާޖިދު އާއި އައިޝަތު ޝިމަންއަށް ދައުވާ ނުކުރާ ގޮތަށް ނަސޭހަތުގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު ދީފައިވާނޭކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ޒުވާނުންތަކެއްވެގެން ކުރިއަށް ގެންދިޔަ އެ މުޒާހަރާތަކުގެ ފަހުކޮޅުގައި ދިޔައީ އާންމު މަސްލަހަތު ގެއްލޭފަދަ ބައެއް ކަންކަން ކުރަމުންނެވެ. އެގޮތުން މަގުމަތީގައި އަޑުގަދަކޮށް މިއުޒިކު ކުޅުމާއި ގޭމް ކުޅުމާއި ކެރަމްކުޅުންފަދަ ކަންކަން ކޮށްފައިވެއެވެ. އަދި އެއްވުންތައް އެގޮތަށް ގެންދާތީ ފުލުހުން ރޫޅާލަން އުޅުމުން ހަމަނުޖެހުންތަކެއް ވެސް ހިނގިއެވެ.
އެ މައްސަލާގައި މަހްޒޫމާއި ޝިމަން ހައްޔަރުކޮށް މުއްދަތު ޖެހިއެވެ. ނަމަވެސް މިހާރު އެ ދެމީހުން ވެސް ތިބީ ބަންދުން ދޫކޮށްލާފައެވެ. އަދި މިއަދުވަނީ އެ ދެމީހުންގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހުގެ ފަރާތުން ކޯޓަށް ހުށަހަޅާފައެވެ.
އެކަމާ ގުޅޭގޮތުން ޕީޖީ އޮފީހުގެ ތަރުޖަމާނު އަހުމަދު ޝަފީއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަހްޒޫމާއި ޝިމަންއަށް ވެސް ނަސޭހަތުގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު ކުރިން ވެސް ދިން ކަމަށެވެ.
ދެ މީހުން ވެސް އެ ހުށަހެޅުމަށް އިންކާރުކޮށްފައިވާ ކަމަށާއި އެހެންވިޔަސް އަދިވެސް އެ ފުރުސަތު އެބައޮތްކަމަށް ޝަފީއުވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ ދެމީހުންވެސް އެ ފުރުސަތުގެ ބޭނުން ނުހިފި ސަބަބެއް ޕީޖީން ވިދާޅުވެފައެއް ނުވެއެވެ.
މި މައްސަލާގައި ޝިމަންގެ މައްޗަށް ކުރަނީ ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ހުރަސްއެޅުމުގެ ދައުވާއެވެ. އަދި މަހްޒޫމްގެ މައްޗަށް ކުރަނީ އަނިޔާއެއް ކުރުމުގެ ދައުވާއެވެ.

ކިޔުންތެރިންގެ ހިޔާލު