އިންޑިއާގެ ސައުތު ސިނަމާގެ ނަންވިދާ ތަރި ރަޖްނީކާންތުގެ ފިލްމު "ކޫލީ" ގައި ހާއްސަ ރޯލަކުން ބޮލީވުޑްގެ މަޝްހޫރު ތަރި އަދި ޑައިރެކްޓަރު އާމިރު ޚާންވެސް ފެންނާނެ ކަމަށް ހާމަކޮށްފިއެވެ.
ފިލްމުގެ އުފެއްދުންތެރިން ވަނީ މި ފިލްމުގައި އާމިރުގެ ފުރަތަމަ 'ލުކް' ދައްކާލާފައެވެ. އެގޮތުން އޭނާ ތައާރަފްކޮށްފައިވަނީ 'ދަހާ' ގެ ނަމުގައެވެ. މިއީ ގޭންގްސްޓަރ ވައިބެއްގެ ފިލްމެއް ކަމުން، އާމިރުގެ ކެރެކްޓަރުންވެސް އެކަން އެނގިގެން ދެއެވެ. ޕޯސްޓަރު ނެރުމާއެކު އެތައް ބައެއްގެ ސަމާލުކަން ވަނީ އެއަށް ލިބިފައެވެ.
ލޯކޭޝް ކަނަގާރަޖް ޑައިރެކްޓުކުރާ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ރަޖްނީކާންތުއާއި އާމިރުގެ އިތުރުން، ސޯބިން ޝާހިރު، ނަގަރްޖުނާ، ޝްރޫތީ ހާސަން، ސަތިޔަރާޖް، އަދި އުޕެންދަރު ހިމެނެއެވެ.
ސަން ޕިކްޗަރސް އިން އުފައްދާ މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އޮގަސްޣު 14 ގައެވެ. މި ފިލްމު ތަމަޅަ އަދި ތެލަގޫ ބަހުރުވައިންވެސް ނެރޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު