ސިޔާސީ ބޭނުމަށް ދޮގު ޝަރީޢަތްތައް އަލުން ފެށިގެން އައުމަކީ ހިތާމަހުރި ކަމެއް ކަަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިހެން ވިދާޅުވީ، ޔުމްނު ރަޝީދަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި، ޒުވާނުންތަކެއް ކުރި މުޒާހަރާތަކުގައި އިސްކޮށް އުޅުނު އައިޝަތު ޝިމަން އަހުމަދު (ދޮންކެޔޮ) އާއި އަބްދުﷲ މަހްޒޫމް މާޖިދުގެ މައްޗަށް ދަޢުވާކުރުމަށް ނިންމުމާ ގުޅިގެންނެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވަނީ މަޙްޒޫމް މާޖިދު އަދި ދޮންކެޔޮގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލުމަށް ނިންމި ނިންމުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އޭނާ ވިދާޅުވީ އެ ދެމީހުންގެ މައްޗަށް އުފުލާފައިވަނީ ސިޔާސީ ދަޢުވާތަކެއް ކަމަށެވެ.
"މި ޒުވާނުންގެ މައްޗަށް، ހަމައެކަނި އެމީހުންގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އިހުތިޖާޖުކުރުމުގެ ހައްޤު ބޭނުންކުރުމުގެ ސަބަބުން، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއަށް އެއްލައިލުމަކީ އެންމެ ރަނގަޅު ގޮތުގައި ބުނާނަމަ އެއީ ވަރަށް ކަންބޮޑުވާ ކަމެކެވެ." ފައްޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން ފައްޔާޒު ވިދާޅުވީ، ސިޔާސީ މަޤްޞަދުތަކަށްޓަކައި ހިންގޭ ދޮގު ޝަރީޢަތްތައް އަލުން ފެށިގެން އައުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. އަދި މިއީ ޒުވާނުން ފާޅުކުރާ ހިތްހަމަނުޖެހުމާއި އެކިކަންބޮޑުވުންތަކުގެ އަޑު ކަނޑުވާލުމަށް ސަރުކާރުން ކުރާ ދެރަވަރު މަސައްކަތެއް ކަމަށް ފައްޔާޒު ސިފަކުރެއްވިއެވެ. އަދި މިދަޢުވާތަކަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅައި، ރައްޔިތުން، ޚާއްސަކޮށް ޒުވާނުންގެ އަޑު ކަނޑުވާލުމަށް ސަރުކާރުން ކުރާ މަސައްކަތެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ޔުމްނު ރަޝީދަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި، ޒުވާނުންތަކެއް ކުރި މުޒާހަރާތަކުގައި އިސްކޮށް އުޅުނު މަހުޒޫމްގެ މައްޗަށް ދައުވާ ކުރުމަށް ހުށަހެޅީ ގާނޫނުލް އުގޫބާތުގެ 120 ވަނަ މާއްދާގެ (ށ)ގެ ދަށުން ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އެ ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ބަންދުކުރުމެވެ.
ދައުވާ ކުރި ސަބަބެއް ކަމަށް ޕީޖީ އޮފީހުން ބުނީ، މިދިޔަ މެއި އެއްވަނަ ދުވަހުގެ ރޭ މުޒާހަރާ ކުރަމުން ދަނިކޮށް، އެ ސަރަހައްދުގައި އަޑުގަދަކުރާއެއް ބޭނުންކޮށްގެން އަޑުގަދަކުރާތީ ފުލުހުން އަޑުގަދަ ކުރާ ނެގި ވަގުތު މަހުޒޫމް ފުލުހެއްގެ މޭމަތީ އަތްއަޅައި ކޮއްޕަލާފައިވާތީ ކަމަށެވެ.
މުޒާހަރާގައި އިސްކޮށް އުޅުނު ޝިމަންގެ މައްޗަށް ދައުވާ ކުރީ، ގާނޫނުލް އުގޫބާތުގެ 532 ވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ.
ދައުވާ ކުރި ސަބަބެއް ކަމަށް ޕީޖީން ބުނީ، މިދިޔަ މެއި އެއްވަނަ ދުވަހުގެ ރޭ މުޒާހަރާ ކުރި ސަރަޙައްދުގައި އަޑުގަދަކުރާއެއް ބޭނުންކޮށްގެން އަޑުގަދަކުރަމުންދާތީ ފުލުހުން އަޑުގަދަކުރާ ނެގިވަގުތު، އޭނާ ފުލުހުންގެ ސަފު ރޫޅާލުމަށްފަހު، ފުލުހުންގެ ތެރެއަށް ގަދަކަމުން ވަދެ އެ ފުލުހުންގެ މަސައްކަތަށް ގަސްތުގައި ހުރަސްއަޅާފައިވާތީ ކަމަށެވެ.
ޝިމަންގެ ދައުވާގެ އަސާސީ އަދަބަކީ، ހަތަރު މަހާއި 24 ދުވަހަށް ބަންދުކުރުމެވެ. ޝަރުތުތަކާއެކު އެއްބަސްވުން ހަދައިގެން ދަޢުވާއިން ސަލާމަތް ވުމުގެ ފުރުސަތު އެ ދެމީހުންނަށް ވެސް ޕީޖީން ދިނެވެ. ނަމަވެސް އެމީހުން ވަނީ އެކަމަށް އިންކާރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު