ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ އިންޓަނޭޝަނަލް ޓާމިނަލްގެ އެއިރޯބްރިޖް އޮޕަރޭޓް ކުރާނެ މުވައްޒަފުން ތަމްރީން ކޮށްފިއެވެ.

އެމްއޭސީއެލުން ބުނީ އެއިރޯބްރިޖު އޮޕަރޭޓް ކުރަން 46 މުވައްޒަފުން ތަމްރީން ކޮށްފައިވާ ކަމަށާއި، ބައެއް މުވައްޒަފުން ތަމްރީނުކުރީ ރާއްޖެއިން ބޭރަށް ފޮނުވައިގެން ކަމަށެވެ.

ޖުލައި 26 ގައި ވީއައިއޭގެ އާ ޓާމިނަލް ހުޅުވާއިރު އެންމެ ބޮޑު އެއް ބަދަލަކަށް ވާނީ، ޓާމިނަލް ތެރެއިން އެއިރޯ ބްރިޖަށް އަރައި، ސީދާ ބޯޓަށް އެރުމެވެ.



ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު އިންޓަރނޭޝަނަލް ޕަސެންޖަރ ޓަރމިނަލްގެ މަސައްކަތަކީ ނުނިމި ވަރަށް ބޮޑަށް ދިގުލައިގެން ދިޔަ މަސައްކަތެކެވެ. އެ މަސައްކަތް އެންމެ ފުރަތަމަ ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.

ވީއައިއޭގެ އާ ޓާމިނަލް ތަރައްގީ ކޮށްފައިވަނީ އަހަރަކު 7.5 މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށެވެ. އެއީ ދުވާލަކު 8000 ފަސެންޖަރުންގެ ނިސްބަތުންނެވެ. އޭގެއިތުރުން އައު ޓާމިނަލުން އަހަރެއްގެ މައްޗަށް 120،000 ޓަނު ކާގޯ ޕްރޮސެސް ކުރެވޭނެ ކަމަށް އެމްއޭސީއޭލުން މަޢުލޫމާތުދެއެވެ.

ހަމައެއާއެކު، އާ ޓާމިނަލްގައި އެއިރޯ ބޯޑިން ބްރިޖްތަކާއި، އެންމެ ފަހުގެ ޒަމާނީ އޮޓަމޭޓެޑް ބެގޭޖު ހެންޑްލިން ހިމެނޭއިރު ސެލްފް ސާވިސް ޗެކިން ކައުންޓަރުތައްވެސް ވަނީ ގާއިމު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން