ގުޅީފަޅު
ގުޅީފަޅު
ގުޅީފަޅު ގޯތިތަކުގެ އައު ރަޖިސްޓްރީ ހޯމަ ދުވަހުން ފެށިގެން ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ހާމަކޮށްފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން، ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތިތަކުގެ ލޮކޭޝަން ބަދަލުވެފައިވާ ކަމަށެވެ. އެހެންކަމުން، އައު ބަންޑާރަ ގޯތީގެ އެއްބަސްވުމާއި، ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް އަންނަ ހޯމަ ދުވަހުން ފެށިގެން ފަށާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މިކަމަށް އެދި އެޕޮއިންޓްމަންޓް ހަމަޖެއްސުމުގެ ފުރުޞަތު ”ހިޔާވެހި ޕޯޓަލް“ މެދުވެރިކޮށް މި މަހުގެ 1 ވަނަ ދުވަހު ހުޅުވާލާފައިވާއިރު، އެއްބަސްވުންތަކާއި ރަޖިސްޓްރީތައް ދޫކުރުން ޖުލައި 07، 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީން ހާމަކޮށްފައި ވެެއެވެ.

ހައުސިން މިނިސްޓްރީން ބުނީ އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑީގެ 5 މިނެޓް ފަހުން ޙާޟިރުވާ ފަރާތްތަކާއި ލިޔެކިޔުންތައް ފުރިހަމަނުކޮށް ޙާޟިރުވާ ފަރާތްތަކަށް އެދުވަހު ހަމަޖައްސާފައިވާ އެޕޮއިންޓްމަންޓް ކެންސަލް ކުރެވޭނެ ކަމަށެވެ. އަދި އެފަރާތްތަކަށް އަލުން އެހެން ތާރީޚަކާއި ގަޑިއަށް އެޕޮއިންޓްމަންޓަށް އެދުމުގެ ފުރުޞަތު ލިބޭނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ރައީސް ޞާލިޙްގެ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން 2438 ގޯތި ދޫކުރަން ވަނީ ކަނޑައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން