ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ހދ. ހަނިމާދޫ އެއާޕޯޓު ބަޔަކާ ހަވާލުކުރާނަމަ އެކަން ކުރަން އެންމެ ރަނގަޅުވާނީ ބީލަމަށް ހުޅުވާލައިގެންކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، ހަނިމާދޫ އެއަރޕޯޓު އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރަން ސަރުކާރުން އިންޑިއާއާ އެކު މަޝްވަރާތަކެއް ކުރަމުން ގެންދާކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް ތުހުމަތު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. ސަރުކާރުން ޔާމީންގެ އެ ތުހުމަތު ދޮގުކުރިނަމަވެސް އެ މައުޟޫގައި އަދިވެސް ސިޔާސީ އެކި ފަރާތްތަކުން ދަނީ ވާހަކަ ދައްކަމުންނެވެ.

އެގޮތުން ޓޫރިޒަމް ދާއިރާގެ ޓެލެގްރާމް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި، އެންމެ ބުއްދިވެރިވާނީ ޕްރައިވެޓް ސެކްޓާއިން އެއާޕޯޓާއި އެހެން ވިޔަފާރިތައް ވެސް ހިންގުން ކަމަށެވެ. އަދި އެގޮތަށް ޕްރައިވެޓް ސެކްޓަރއަށް ދޫކޮށްލާއިރު އެތަން ހިންގަނީ ދިވެހީންތޯ ބޭރު ބައެއްތޯ ބަލަން ރަނގަޅުވާނީ، ހުޅުވާލާފައިވާ ބީލަމަކުން ސަރުކާރަށް އެންމެ ފައިދާ ބޮޑު ބައެއް ހޯދައިގެން ކުރިއަށް ގެންދިއުން ކަމަށް ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އެގޮތަށް ދޫކޮށްލާއިރު ވެސް އެއާލައިންއަކުން އެއާޕޯޓު ހިންގައިފި ނަމަ ލިބޭނެ ފައިދާ ބޮޑުވެދާނެ ކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.

އަދި އަތުގައި ހުރި އެއްޗެއް ކުއްޔަށް ދީގެން ފައިސާ ހޯދިއްޖެ ނަމަ ރާއްޖެއަށް ކުރާނެ ފައިދާ ބޮޑުވާނެ ކަމަށާއި އެކަން ނުކޮށް ދަރަނިވެގެން ލޯންތައް ދައްކަން އުޅުން ވާނީ ގެއްލުން ބޮޑު ގޮތަކަށްކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ ވެރިިކަމައި ރާއްޖޭގެ މައި ވައިގެ ބަނދަރު ޖީއެމްއާރަށް ދިން ދިނުން މިއަދުވެސް ދިފާއު ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އޭރު ޖީއެމްއާރަށް އެއާޕޯޓު ދިން ނަމަ، ދެ ބިލިޔަން ޑޮލަރުގެ ދަރަނި ނެތި، އާ އެއާޕޯޓް ބޭނުން ކުރާތާ 10 އަހަރު މިހާރު އޮންނާނީ ވެފައިކަމަށެވެ.

ނަމަވެސް ޖީއެމްއާރަށް އެއާޕޯޓް ދީފައިވަނީ މިހާރު ތަރައްޤީ ކުރާ ފެންވަރަށް ތަރައްގީ ކުރާގޮތަށް ނޫންކަން ފާހަގަ ކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން