ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ވީއައިޕީ ޓާމިނަލް ހިންގަންވާނީ، ދިވެހީން ކަމަށް ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވެލް އޭޖެންސީ، އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.
އެއާޕޯޓުގައި އައު ވީއައިޕީ ޓާމިނަލެއް އަޅައި އެތަން ހިންގުމާއި ޖެޓުތަކަށް ތެޔޮ ވިއްކުމާއި ގްރައުންޑް ހޭންޑްލިންގެ ހުރިހާ މަސައްކަތެއް ކުރުން ދުބާއީގެ ޖެޓެކްސް ކުންފުނިން ކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކޮށް އެ ކުންފުނިން ވަނީ ޕްރޮޕޯސަލް ހުށަހަޅާފައެވެ.
އަދި އެ ކުންފުނީގެ ހުށަހެޅުންތައް ސަރުކާރުން ދިރާސާ ކުރަމުން ދާކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ. އެއާއި ގުޅިގެން ބައެއް ފަރާތްތަކުން ދަނީ އެއާޕޯޓު ބޭރުގެ ކުންފުންޏަކަށް ވިއްކާލަން އުޅޭކަމަށް އަޑުފަތުރަމުންނެވެ. މިކަމުގައި އެމްއޭސީއެލް އިން ބުނެފައިވަނީ އެފަދަ ޕްރޮޕޯސަލެއް ލިބިފައިވާ ކަމަށާއި އެއާ މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ.
މިކަމާ ގުޅޭގޮތުން އިނާ މޯލްޑިވްސްގެ ވެރިޔާ ފިރާގު މިއަދު އެކްސްގައި ވިދާޅުވީ، މިއީ ގައުމިއްޔަތާގުޅޭ މައްސަލައެއް ނޫން ކަމަށާއި މިއީ މިހާރު ވެސް ނާޒުކު ހާލަތެއްގައި އޮތް، އޭވިއޭޝަން ދާއިރާ ވިސްނުންތެރި އިގުތިސާދީ ސިޔާސަތަކާ އެކު ކުރިއަށް ގެންދިޔުމާ ގުޅޭ މައްސަލައެއް ކަމަށެވެ.
އަދި ވިދާޅުވީ، ދިވެހީންގެ ތެރޭގައި ވެސް މި ދާއިރާ ދަންނަ މީހުން ތިބޭނެކަމަށާއި ވީއައިޕީ ޓާމިނަލް ހިންގަންވާނީ ދިވެހީން ކަމަށެވެ. ސަބަބަކީ ރާއްޖެއަށް އެންމެ ނަފާވާ އެއް ދާއިރާކަމަށްވާ އޭވިއޭޝަން ދާއިރާ ދަށަށް ދާ ވަގުތުތަކުގައި ވެސް އެކަމުން އަރައިގަތުމަށް މަސައްކަތް ކުރުމުގައި ތިބޭނީ ދިވެހީންކަމަށް ވާތީކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދިވެހީން އޭވިއޭޝަން ދާއިރާ ބިނާކުރާނީ ދިވެހީންނަށްޓަކައިކަމަށެވެ. އަދި ހަމައެކަނި ބްރޭންޑިންއަށް ނުވަތަ ބޭރުގެ ފަރާތްތަކުން ވެފައިވާ ވައުދެއްގެ މައްޗަށް ބިނާކޮށް، މިހާރު ރަނގަޅަށް މަސައްކަތްކުރަމުން އަންނަ ނިޒާމެއް ދޫކޮށްލުމަކީ ރަނގަޅު ގޮތެއް ނޫންކަމަށާއި އެކަން އެގޮތަށް ނުކުރުމަށް އެދޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ފިރާގު ވިދާޅުވީ، ޖެޓެކްސްއަކީ މި ދާއިރާގައި މަޝްހޫރުކަން ލިބިފައިވާ ބްރޭންޑެއްކަމަށް ވިޔަސް، އެއީ މާ ނުފޫޒުގަދަ ބްރޭންޑެއް ނޫންކަމަށެވެ.
އަދި އެ ކުންފުނިން އޮޕަރޭޓުކުރާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ފަދަ މާކެޓުތަކުގައި އެ ކުންފުނީގެ ހިއްސާ ދަނީ މިހާރުވެސް ކުޑަވަމުން ކަމަށް ފިރާގު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ވީއައިޕީ ޓާމިނަލް ޖެޓެކްސްއާ ހަވާލުކުރިޔަސް، ވިސްޓާޖެޓް، ނެޓްޖެޓްސް، ނުވަތަ ގްލޯބަލް ޖެޓް ފަދަ އެންމެ މަތީ ފަންތީގެ ޖެޓް އޮޕަރޭޓަރުން އައުން ރާއްޖޭގައި އިތުރުވެގެން ނުދާނެކަމަށެވެ. އެއީ ސަބަބުތަކެއް ހުރުމުން އެފަދަ އޮޕަރޭޓަރުންގެ ގިނަ ފަރާތްތަކުން ޖެޓެކްސްއިން ހިންގާ ޓާމިނަލްތަކަށް ދިއުމަށް އިންކާރުކުރާނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ރާއްޖޭގައި ޖެޓުތަކަށް ހިދުމަތްދޭ ދިވެހި ކުންފުނިތަކުން އަހަރަކު އެމްއޭސީއެލަށް 20 މިލިއަން ޑޮލަރު ހޯދައިދޭއިރު، ޖެޓެކްސްއަށް އެ އަދަދު ހޯދައި ނުދެވޭނެކަމަށާއި އެ ކުންފުންޏަށް ހޯދައިދެވޭނީ އެއް މިލިއަން ޑޮލަރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު