ކުރީގެ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ
ކުރީގެ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު 25 އަހަރަށް ބޭރުގެ ބަޔަކަށް ވިއްކާލަން އުޅޭކަމަށްބުނެ ފެތުރެމުންދާ އަޑުތަކާ ގުޅިގެން އެކަން ހިނގާގޮތެއް ސާފުކޮށްދޭން ކުރީގެ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ސަރުކާރަށް ގޮވާލައްވައިފިއެވެ.

ވީއައިއޭގައި އައު ވީއައިޕީ ޓާމިނަލެއް އަޅައި އެތަން ހިންގުމާއި ޖެޓުތަކަށް ތެޔޮ ވިއްކުމާއި ގްރައުންޑް ހޭންޑްލިންގެ ހުރިހާ މަސައްކަތެއް ކުރުން ދުބާއީގެ ޖެޓެކްސް ކުންފުނިން ކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކޮށް އެ ކުންފުނިން ވަނީ ޕްރޮޕޯސަލް ހުށަހަޅާފައެވެ.

އަދި އެ ކުންފުނީގެ ހުށަހެޅުންތައް ސަރުކާރުން ދިރާސާ ކުރަމުން ދާކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ. އެއާއި ގުޅިގެން ބައެއް ފަރާތްތަކުން ދަނީ އެއާޕޯޓު ބޭރުގެ ކުންފުންޏަކަށް ވިއްކާލަން އުޅޭކަމަށް އަޑުފަތުރަމުންނެވެ.

އެކަމާއި ގުޅިގެން އިމްރާން އެކްސްގައި މިރޭ ވިދާޅުވީ، ވެލާނާ އެއާޕޯޓަކީ ދިވެހިންގެ އަތުގައި އޮތް އެންމެ އަގުބޮޑު އަދި އިސްތިރާޖީގޮތުން އެންމެ މުހިންމު އެސެޓު ކަމަށެވެ. އަދި އެތަން މިހާތަނަށް ދިވެހިންގެ ފުރިހަމަ ބާރުހިނގާ ތަނެއްގެ ގޮތުގައި އެއޮތީ އެތައްބައިވަރު ދިވެހިންގެ ނުހަނު ބުރަ މަސައްކަތުންކަމަށް ވިދާޅުވެފައިވެއެވެ.

އިމްރާން ވިދާޅުވީ، ކުއްޔަށް ދިނުމުގެ ނަމުގައި އެއަރޕޯޓު ބިދޭސީ ކުންފުންޏަކަށް 25 އަހަރަށް ހަވާލުކުރަން އުޅޭ އަޑުތަކެއް އިވެމުންދާކަމަށެވެ.

އަދި އެ އަޑުތަކާ ގުޅިގެން ގިނަ އަދަދެއްގެ ދިވެހި ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އޭނާއާ ހިއްސާކުރަމުން އެބަދާކަމަށް ވިދާޅުވިއެވެ.



އެހެންކަމުން މިކަމުގައި ދިވެހިންގެ ހުރި އުދާސްތަކާއި ކަންބޮޑުވުންތައް އަޑުއަހާ އެކަންކަމަށް ފުރިހަމަޔަށް ޖަވާބުދާރީވުމަށް ސަރުކާރަށް ގޮވާލައްވާކަމަށް އިމްރާން ވިދާޅުވެފައިވެއެވެ.

އިމްރާން މިހެން ގޮވާލައްވާފައިވާއިރު އޭނާއަކީ، ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އެއާޕޯޓު ޖީއެމްއާރަށް ދޫކޮށްލި މައްސަލާގައި މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާތައް އެންމެ އިސްވެ ރާވާ އިންތިޒާމު ކުރުމުގައި އުޅުއްވި ފަރާތެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން