ޕްރަބާސް އާއި ރަންވީރު
ޕްރަބާސް އާއި ރަންވީރު
ބޮލީވުޑްގެ މަޝްހޫރު ތަރި ރަންވީރު ސިންގުގެ ފިލްމު "ދުރަންދަރު" އާއި ޕްރަބާސްގެ "ރާޖާ ސާބް" ބޮކްސް އޮފީހުގައި ކްލޭޝް ވާނެ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ރަންވީރުގެ ފިލްމު "ދުރަންދަރު" ޓީޒަރު މިއަދު ނެރުމަށް ހަމަޖެހިފައިވާއިރު، މި ފިލްމު ނެރޭ ދުވަސް މިހާރު ފިލްމުގެ އުފެއްދުންތެރިން ވަނީ އާންމު ކޮށްފައެވެ. އެގޮތުން މި ފިލްމު ސިނަމާތަނަށް ނެރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 5 ގައެވެ.

އެހެންވެ، މި ދެ ފިލްމު ކްލޭޝް ވާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

މި ދެ ފިލްމަކީވެސް ތަފާތު ދެ ވައްތަރެއްގެ ފިލްމުތައް ކަމުން، ދެ ފިލްމުގެ ކޮންޓެންޓާއި ސްޓާރ ޕަވާ ގެ ސަބަބުން، ދެ ފިލްމަށްވެސް ބެލުންތެރިންގެ ތަރުހީބު އޮންނާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

"ދުރަންދަރު" އަކީ އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރެއް ކަމަށްވާ އަޖިތު ދޮވަލްގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. "ރާޖާ ސާބް" އަކީ ހޮރޯ ކޮމެޑީ އެކެވެ. މި ދެ ފިލްމުގައިވެސް ބޮލީވުޑްގެ ތަރި ސަންޖޭ ދަތު ފެންނާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން