ސައިފް އަލީ ޚާން
ސައިފް އަލީ ޚާން
ބޮލީވުޑްގެ މަޝްހޫރު ތަރި ސައިފް އަލީ ޚާންގެ އާއިލީ ތަރިކަ މުދަލެއް ކަމަށްވާ ބޯޕާލްގައި ހުންނަ ގެ ހޯދުމަށް އޭނާ ކުރި މަސައްކަތް ނާކާމިޔާބު ވެއްޖެއެވެ.

15،000 ކަރޯރު ރުޕީސްގެ މި ގެއަކީ ސައިފްގެ އާއިލާއަށް ނިސްބަތްވާ ގެއެއް ނަމަވެސް، މަދިޔަ ޕްރަދޭޝް ކޯޓުން މިހާރު ވަނީ މިއީ "އެނެމީ ޕްރޮޕަޓީ" އެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

2000 ވަނަ އަހަރު އިންޑިއާގެ ޓްރައިލް ކޯޓުން ވަނީ މި ގެއަކީ ސައިފްގެ އާއިލާއަށް ނިސްބަތްވާ ގެއެއްކަމަށް ކަނޑައަޅާފައެެވެ. އެހެންނަމަވެސް، ސައިފްގެ މުނި މާމާގެ އާއިލާގެ އެހެން މީހުން ވަނީ މި ނިންމުން ބަދަލުކޮށްދިނުމަށް ކޯޓުގައި އެދިފައެވެ. އެމީހުން އެދިފައިވަނީ "މުސްލިމް ޕާސަނަލް ލޯ" އާ އެއްގޮތަށް އެ ތަން ބެހުމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ސައިފްގެ މުނި މާމަ އާބިދާ ސުލްތާން ވަނީ އިންޑިއާ އާއި ޕާކިސްތާނު ބޯޑަރު ހެދުމާއެކު، ޕާކިސްތާނަށް ބަދަލުވެ، އިންޑިއާގެ ސިޓިޒަންޝިޕް ދޫކޮށްލާފައެވެ.

އިންޑިއާ ސަރުކާރުގެ "އެނެމީ ޕްރޮޕަޓީ އެކްޓު" ގައި ބުނެފައިވަނީ އިންޑިއާ-ޕާކިސްތާނު ހަނގުރާމައަށްފަހު، ދުޝްމަން ގައުމުތަކަށް ދިރިއުޅުން ބަދަލު ކުރާ މީހުންގެ ގެތައް އިންޑިއާގެ ސަރުކާރަށް ނެގޭނެ ކަމަށެވެ. އެހެންވެ، "އެނެމީ ޕްރޮޕަޓީ" އެއް ކަނޑައަޅައި މި ގެ ސަރުކާރަށް ވަނީ ނަގާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން