މި އަހަރަކީ، ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމަށް ވުމާއެކު، މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން ބޭނުންކުރައްވާނެ ލޯގޯއެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.

އެކަން ހާމަކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 2025/12 ދެންނެވުމުގައެވެ. ރައީސް އޮފީހުގެ ދެންނެވުމުގައި ބުނެފައިވަނީ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރުގެ ލޯގޯ ސަރުކާރުގެ އިދާރާތަކުން ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ޖެއްސެވުމަށް ރައީސް މުޢިއްޒު ހަމަޖައްސަވާފައިވާ ކަމަށެވެ. އެމަނިކުފާނު، އެގޮތަށް ހަމަޖައްސެވުމާއި ގުޅިގެން ސަރުކާރުގެ އިދާރާތަކުން ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި މި ލޯގޯ ޖެއްސެވުމަށްޓަކައި، އެކަމާބެހޭ މައުލޫމާތު މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖުން ސަރުކާރު އޮފީސްތަކަށް ދެއްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ދިވެހިރާއްޖެ އަށް ފުރިހަމަ މިނިވަންކަން ލިބިފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. މިއަހަރަކީ ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މިނިވަން ދުވަހެވެެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން