ސައިކަލެއްގެ ފަހަތު ޝީޓުގައި އިން މީހަކަށް ފިޔަވަޅު އެޅި ކަމަށް ބުނާ މައްސަލައިގައި ކަން ހިނގާދިޔަ ގޮތް ފުލުހުން ހާމަކޮށްފިއެވެ.

އިއްޔެ ސޯޝަލް މީޑިއާގައި އާންމު މީހަކު ވަނީ ލައިސަންސު އޮތަސް ނެތަސް ހިފަހައްޓާ ޓޯ ކުރާ ކަމަށާއި، ވާހަކަ ދައްކަނީ ބާޒާރު ބަހުރުވައިން ކަމަށް ބުނެ ފުލުހުންނާމެދު ޝަކުވާކޮށްފައެވެ. އަދި ހިފަހައްޓާފައި ސުވާލު ކުރަނީ ސައިކަލުގެ ފަހަތުގައި އިންނަ މީހާއާ ކަމަށް އެމީހާ ބުންޏެވެ.

”ކޮން އިންސާފެއްތޯ މިއީ؟“ ފުލުހުން ޓެގުކޮށް އޭނާ ބުނެފައިވެއެވެ.

އެކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ އެމައްސަލައިގައި ސައިކަލު ފަހަތުގައި އިން މީހާ އާއި ސުވާލުކޮށް ފިޔަވަޅު އަޅާފަައިވަނީ ފުލުހުން ފެނުމުން ދުއްވަން އިން މީހާ ބަދަލުކުރުމާއި ގުޅިގެން ކަމަށެވެ. އޭނާ އަށް ފިޔަވަޅު އަޅާފައިވަނީ ލަައިސަންސް ނެތް މީހަކު އުޅަނދު ދުއްވާފައިވާތީ ކަމަށް ފުލުހުން ބުންޏެވެ. އަދި އެމައްސަލައިގައި ފިޔަވަޅު އަޅާފައިވަނީ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ފުލުހުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން