މިލަދުންމަޑުލު ދެކުނުބުރީ "ފަރުމުލި" އެ އަތޮޅުގެ މާފަރުގެ ބައެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޤަރާރަކުން ކަނޑައަޅުއްވައިފިއެވެ.
ކުރިން، 15 އެޕްރީލް 2024 ގައި ނެރުއްވި ޤަރާރުން، މިލަދުންލަދުންމަޑުލު ދެކުނުބުރީ "ފަރުމުލި" އަދި "ކަނޑިންމާހުރާ" އަކީ އެ އަތޮޅުގެ މާފަރުގެ ބައެއްކަމުގައި ކަނޑައަޅުއްވާފައިވީ ނަމަވެސް، މިއަދު ޝާއިޢުކުރެއްވި ޤަރާރުން އެ ނިންމުން ވަނީ ބަދަލުކުރައްވާފައެވެ.
މި އައު ނިންމުން ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރައީސަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި މީގެ އިތުރުން، ޤާނޫނު ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން "ފަރުމުލި" އަކީ ޓޫރިޒަމްގެ ބޭނުމަށް ތަރައްޤީކުރެވޭ ރަށެއްގެ ގޮތުގައި ރައީސް ވަނީ ކަނޑައަޅުއްވާފައެވެ.
މި ޤަރާރާ ގުޅިގެން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކުލަވާލާފައިވާ "ރައީސުލްޖުމްހޫރިއްޔާގެ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން" ގަރާރުގެ ޖަދުވަަދުވަލުގައި ހިމެނޭ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު އަދާހަމަކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވިފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު