ޖައްގާ ޖާސޫސްގެ ޕޯސްޓަރު
ޖައްގާ ޖާސޫސްގެ ޕޯސްޓަރު
ބޮލީވުޑްގެ ފިލްމު "ޖައްގާ ޖާސޫސް" އަށް މަޝްހޫރު ތަރި ރަންބީރު ކަޕޫރު ފީތައް ކުޑަކުރި ކަމަށް ފިލްމުގެ ޑައިރެކްޓަރު އަނުރާގް ބާސޫ ބުނެފިއެވެ.

މި ފިލްމަކީ ރަންބީރުގެ އެހެން ފިލްމުތަކާ ވަރަށް ތަފާތު ވަރަށް "އެމްބިޝަސް" ފިލްމެއް ކަމަށްވީނަމަވެސް، މި ފިލްމަށް ބޮކްސް އޮފީހުގައި އުންމީދު ކުރިފަދަ ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި މި ފިލްމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އަނުރާގް ބުނީ މި ފިލްމަކީ އޭނާއާއި ރަންބީރުވެސް ވަރަށް ގަޔާވެގެން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެއް ކަމަށާއި، މި ފިލްމަށް އޭނާއާއި ރަންބީރުވެސް ފީތައް ކުޑަކުރި ކަމަށެވެ.

އަދި އެގޮތަށް އެކަން ކުރީ ޕްރޮޑިއުސަރަށް ގެއްލުން ނުދޭން ވެގެން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އަނުރާގް އިތުރަށް ބުނީ މިހާރު އޭނާގެ ފިލްމުތަކުގެ ބަޖެޓު ފިލްމު ޝޫޓުކުރަން ފެށުމުގެ ކުރިން ކަނޑައަޅާ ކަމަށާއި، އެކަން އެހެން ކުރަނީ ބަޖެޓު ބޮޑުކުރުމުން ބައެއް ފަހަރު ގެއްލުންވާތީ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް