ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ފަރްހާން އަހްތަރުގެ ކުރިއަށް އޮތް ފިލްމު "ޑޯން 3" ގެ ޝޫޓިން އަންނަ ޖެނުއަރީމަހު ފަށާނެ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ޑޯން ފްރެންޗައިސް އަކީ ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު ފްރެންޗައިސް އެކެވެ. މި ފްރެންޗައިސްގެ 3 ވަނަ ބައި ތަފާތުވާ އެންމެ މައިގަނޑު ސަބަބަކީ ފިލްމުގެ ލީޑު ތަރިން ބަދަލުވާތީއެވެ.
އެގޮތުން ޑޯން 3 ގެ ފިރިހެން ލީޑެއްގެ ގޮތުގައި ފެނިގެންދާނީ ޝާހުރުކް ޚާންގެ ބަދަލުގައި ރަންވީރު ސިންގުއެވެ. އަދި ޕްރިޔަންކާ ޗޯޕްރާގެ ބަދަލުަގައި މިފަހަރު ފެނިގެންދާނީ ކިއާރާ އަދްވާނީއެވެ.
ތަފާތު އެކި ސަބަބުތަކާ ހުރެ ފިލްމުގެ ޝޫޓިން އެކި ފަހަރުމަތިން ފަސް ކުރަން ޖެހުނު ނަމަވެސް މިހާރު ޝޫޓުތައް ފެށުމުގެ ތައްޔާރީތައް ވަމުންދާ ކަމަށް ރިޕޯޓުގައި ވެއެވެ.
މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ޑިސެމްބަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު