މާލިކްގެ މަމްޒަރެއް-
މާލިކްގެ މަމްޒަރެއް-
ބޮލީވުޑްގެ ތަރި ރާޖްކުމާރު ރާއޯގެ ކުރިއަށް އޮތް ފިލްމު "މާލިކް" އަކީ ތަޅާފޮޅުން ފަދަ ކަންކަން ޕްރޮމޯޓު ކުރާ ފިލްމެއް ކަމަށް ބުނާ ފަރާތްތަކަށް އޭނާ ރައްދު ދީފިއެވެ.

"މާލިކް" ނެރެން ކައިރިވެފައިވާއިރު ވަރަށް ގިނަ ބަޔަކު ވަނީ މި ފިލްމު "އެނިމަލް" އަދި "ޕުޝްޕާ" ފަދަ ފިލްމުތަކާ އެއްގޮތް ކަމަށާއި، މިއީ ތަޅާފޮޅުން ޕްރޮމޯޛު ކުރާ ފިލްމެއް ކަމުގައި ބުނެފަައެވެ.

ދާދި ފަހުން ބޮލީވުޑް ބަބުލް އަށް ދިން އިންޓަވިއުއެއްގައި ރާޖްކުމާރު ބުނީ މާލިކް އަކީ ތަޅާފޮޅުންތައް ޕްރޮމޯޓު ކުރާ ފިލްމެއް ނޫން ކަމަށެވެ. އަދި އެއީ މުނިފޫހިފިލުވުމަށް ގެނެސްދޭ ފިލްމެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އޭނާ އިތުރަށް ބުނީ މި ފިލްމު ގެނެސްދެނީ "ވައިލެންސް" އަކީ ރަނގަޅު ގޮތްކަން ދެއްކުމަށް ނޫން ކަމަށާއި، ފިލްމުގައި ކިޔައިދެނީ ވާހަކައެއް ކަމަށެވެ. އަދި ފިލްމުގައި ދައްކައި ދެނީ ގޭންގްސްޓާރުންގެ ދުނިޔެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އަދި މިއީ "އެނިމަލް" އާއި "ޕުޝްޕާ" ގެ ކޮޕީއެއް ނޫން ކަމަށާއި، ކޮންމެ ފިލްމެއްގައިވެސް އެ ފިލްމެއްގެ އަމިއްލަ ގޮތްތަކެއް ހުންނާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޕުލްކިތު ޑައިރެކްޓުކުރާ މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ މިމަހު 11 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް