ސައި ޕައްލަވީ
ސައި ޕައްލަވީ
އިންޑިއާގެ ސިނަމާ އަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ތަރި "ސައި ޕައްލަވީ" ގެ ފުރަތަމަ ހިންދީ ފިލްމު ނެރޭ ދުވަސް އާންމު ކޮށްފިއެވެ.

ސައި ޕައްލަވީގެ ޑެބިއު ހިންދީ ފިލްމު ޕްރޮޑިއުސް ކުރާނީ ހަމަޖެހިފައިވަނީ ބޮލީވުޑްގެ މަޝްހޫރި ތަރި އަދި ޕްރޮޑިއުސަރު އާމިރު ޚާން އެވެ. އަދި ފިލްމުގެ ކޯ ޕްރޮޑިއުސަރަކީ މަންސޫރް ޚާންއެވެ.

"އޭކް ދިން" ގެ ނަމުން ނަންދެވިފައިވާ މި ފިލްމުގެ ލީޑުން ޕައްލަވީ އާއެކު ފެނިގެންދާނީ އާމިރުގެ ދަރިފުޅު ޖުނެއިދު ޚާންއެވެ. މި ފިލްމު ނެރުމަށް ހަަމޖެހިފައިވަނީ ނޮވެމްބަރު 7 ގައެވެ.

ސައި ޕައްލަވީ އަކީ އިންޑިއާ ސިނަމާގައި ގިނަ ދުވަހު މަސައްކަގް ކޮށްފައިވާ ކުޅަދާނަ ތަރިއެކެވެ. އޭނާ ވަނީ މީގެ ކުރިން ތަމަޅަ، ތެލަގޫ އަދި މީގެ އިތުރުން މަލަޔާލަމް ފިލްމުތަކުގައި މަސައްކަތް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް