އަނުރާގް ބާސޫ
އަނުރާގް ބާސޫ
މާ ދިގު ޝިފްޓުތަކުގައި މަސައްކަތް ކުރަން ބޭނުން ނުވާކަަމަށް ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަނުރާގް ބާސޫ ބުނެފިއެވެ.

ދާދި ފަހުން ބޮލީވުޑްގެ މަޝްހޫރު ތަރި ދިޕިކާ ވަނީ ސަންދީޕު ރެޑީ ވެންގާގެ ފިލްމު "ސްޕިރިޓް" ދޫކޮށްލާފައެވެ. އޭނާ މި ފިލްމާ ދިރަށް ޖެހުނު އެންމެ ބޮޑު އެއް މައްސަލައަކީ 8 ގަޑިއިރަށްވުރެ ގިނައިރު މަސައްކަތް ކުރަން ބޭނުންނުވާ ކަމަށް ބުނުމުންވެސް އެކަން އެގޮތަށް ބަދަލު ނުވުމުންނެވެ.

މި މައްސަލައާ ގުޅިގެން ބޮލީވުޑްގެ އެކި ފަރާތްތަކުގެ ހިޔާލު ތަފާތެވެ. ނަމަވެސް ވަރަށް ގިނަ ތަރިން އަދި ޑައިރެކްޓަރުން ވަނީ މި މައްސަލައާ ގުޅިގެން ދިޕިކާއާ އެއްކޮޅަށް އަޑުއުފުލާފައެވެ. އޭގެ ތެރޭގައި މަނީ ރަތުނަމް، އަޖޭ ދޭވްގަން، އަދި ސައިފް އަލީ ޚާން ފަދަ ތަރިން ހިމެނެއެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި އަނުރާގް ބާސޫވެސް މިވަނީ ދިޕިކާއާ އެއްކޮޅަށް ވާހަކަ ދައްކާފައެވެ. އެގޮތުން އަނުރާގް ބުނީ ދިގު ޝިޕްޓުގައި މަސައްކަތް ކުރުމަކީ އޭނާއަށްވެސް ކަމުދާ ކަމެއް ނޫން ކަމަށެވެ. އަދި އޭނާއާއެކު މަސައްކަތް ކުރާ ތަރިން ދިގު ޝިފްޓުތަކުގައި މަސައްކަތް ކުރަން ނުޖެހޭ ކަމަށްވެސް އަނުރާގް ވަނީ ބުނެފައެވެ.

އަނުރާގް އިތުރަށް ބުނީ އޭނާއާއެކު މަސައްކަތް ކުރާ ތަރިން ދުވަހަކުވެސް އެކަމާ ގުޅިގެން ޝަކުވާ ކޮށްފައި ނުވާ ކަމަށެވެ. އަދި އަބަދުވެސް ސެޓުގައި އެކްޓަރުން އުފަލުގައި ތިބުމަށް އޭނާ ބޭނުންވާކަމަށް އަނުރާގް ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް