މުޅި ރާއްޖޭގައި ދިވެހި ފިލްމު "ސޮރީ" އަޅުވަމުންދާއިރު، މި ފިލްމު ލަންކާގައި އެޅުވުމަށްޓަކައި ފިލްމުގެ ޑައިރެކްޓަރު ފާތިމަތު ނަހުލާ (ނަހޫ) އަދި ލީޑު ތަރި މަރިޔަމް އައްޒަ ލަންކާއަށް ފުރައިފިއެވެ.
ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމަށް، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. މިދިޔަ ޖޫން މަހު 17 ގައި މި ފިލްމު ނެރުނީއްސުރެ، އަދިވެސް ފޯރިއަކަށް ބަދަލެއް ނާދެއެވެ.
ލަންކާގެ ސިޓީ ސިނަމާގައި "ސޮރީ" ގެ ދެ ޝޯ އަޅުވަން ތައްޔާރުވެގެން ދިޔަ ނަމަވެސް، 3 ޝޯ އަޅުވަން ޖެހިދާނެ ކަމަށް ފެންނަ ކަމަށްވެސް ފިލްމުގެ ޓީމުން ވަނީ ހާމަކޮށްފައެވެ.
ލަންކާގައި މި ފިލްމު އެޅުވުމަށް ހަމަޖެހިފައިވަނީ މި ހަފްތާ ބަންދުގައެވެ. އެގޮތުން ޖުލައި 11 ވާ ހުކުރު ދުވަހުގެ އިތުރުން ޖުލައި 12 ވާ ހޮނިހިރު ދުވަހު ފިލްމުގެ ޝޯތަކެއް ލަންކާގައި އަޅުވާނެއެވެ.

ދިވެހި ފިލްމު ސޮރީ ލަންކާއަށް
މައުލޫމާތު ލިބޭ ގޮތުގައި މި ފިލްމު ބަލާލަން ލަންކާގެ ބައެއް ވިޔަފާރިވެރިންވެސް ދާނެ އެވެ.
ނަހޫ ބުނީ ލަންކާގެ އިތުރުން ތައިލޭންޑުގައިވެސް މި ފިލްމު އެޅުވުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ތައިލޭންޑުގައި ފިލްމު އެޅުވުމަށް ހަމަޖެހިފައިވަނީ ޖުލައި 19 ވަނަ ދުވަހުއެވެ.
މީގެ އިތުރުން އަބޫދާބީއާއި މެލޭޝިއާގައިވެސް ފިލްމު އަޅުވައިދިނުމަށް އެދި ރިކުއެސްޓު އަންނަމުންދާތީ، އެކަމާމެދު ވިސްނަމުންދާ ކަމަށްވެސް ނަހޫ ވަނީ ބުނެފައެވެ.
މާލޭގައި "ސޮރީ" އާ ރިކޯޑުތަކެއް ހަދާފައިވާއިރު، އަތޮޅުތަކުގެ ގިނަ ރަށްތަކެއްގައިވެސް "ސޮރީ" ދަނީ ރިކޯޑު ހަދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު