އައްލޫ އަރުޖުން އާއި ރަޝްމިކާ މަންދަނާ
އައްލޫ އަރުޖުން އާއި ރަޝްމިކާ މަންދަނާ
މަޝްހޫރު "ޕުޝްޕާ" ފްރެންޗައިސުން ގިނަ ބައެއްގެ މެދުގައި މަގުބޫލުވި ޖޯޑު އައްލޫ އަރުޖުން އާއި ރަޝްމިކާ މަންދަނާ އަނެއްކާވެސް އެކުގައި ފިލްމަކުން ފެންނަން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

އައްލޫ އަރުޖުން އާއި ރަޝްމިކާ އަކީ އިންޑިއާ ސިނަމާގައި އެންމެ ގިނަ ބައެއްގެ ތަރުހީބު ލިބުނު ޖޯޑުތަކުގެ ތެރެއިން އެއް ޖޯޑަށް ވީއިރު މިފަހަރު މި ދެ ތަރިން އެކުގައި މަސައްކަތް ކުރަން ހަމަޖެހިފައިވަނީ މަޝްހޫރު ޑައިރެކްޓަރު އަޓްލީއާއެކު އެވެ.

އެހެންނަމަވެސް "އޭ 6" ގެ ނަމުން ނަން ދެވިފައިވާ މި ފިލްމުގައި ރަޝްމިކާ ފެނިގެންދާނީ ވިލަންގެ ރޯލުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އޮކްޓޯބަރު މަހު ރަޝްމިކާ އޭނާގެ ރޯލުގެ ޝޫޓިން ފަށާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

މި ފިލްމުގެ ކާސްޓުންގެ ތެރޭގައި އައްލޫ އަރުޖުން އާއި ރަޝްމިކާގެ އިތުރުން، ދިޕިކާ ޕަޑުކޯން، މްރުނާލް ޓާކުރު، އަދި ޖާންވީ ކަޕޫރު ފެންނާނެއެވެ.

މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ 2027 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް