ސައްޔާރާގެ ޕޯސްޓަރު
ސައްޔާރާގެ ޕޯސްޓަރު
ބޮލީވުޑްގެ މަޝްހޫރު ތަރި އަނަންޔާ ޕާންޑޭގެ ދެބެއިންގެ ދެދަރި އަހާން ޕާންޑޭ ފިލްމީ ދާއިރާއަށް ތައާރަފްވާ ފިލްމު "ސައްޔާރާ" ގެ ޓްރެއިލާ ނެރެފިއެވެ.

ޔަޝްރާޖް ފިލްމްސްއިން ޕްރޮޑިއުސް ކުރާ މި ފިލްމަކީ ލޯބީގެ ފިލްމެކެވެ. މި ފިލްމުގައި އަހާންއާއެކު، އަނީތާ ޕާންޑޭވެސް ފިލްމު އިންޑަސްޓްރީއަށް ތައާރަފްވާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

މި ފިލްމުގައި އަހާން ފެންނާނީ ރޮކްސްޓާރެއްގެ ރޯލުންނެވެ. އަދި އަނީތާ ފެންނާނީ ޅެންވެރިއެއްގެ ރޯލުންނެވެ.

"ސައްޔާރާ" ގެ ޓްރެއިލާ ރިލީޒްކުރުމާ އެކު އެއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.

މޯހިތު ސޫރީ ޑައިރެކްޓުކުރާ މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ ޖުލައި 18 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް