އައްލޫ އަރުޖުން
އައްލޫ އަރުޖުން
އިންޑިއާ ސިނަމާގައި މަޝްހޫރު ތަރި އައްލޫ އަރުޖުންގެ ކުރިއަށް އޮތް ފިލްމުގައި އޭނާ ތަފާތު 4 ރޯލަކުން ފެނިގެންދާނެ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

މަޝްހޫރު ޑައިރެކްޓަރު އެޓްލީގެ މި ޑައިރެކްޝަންގައި އޭނާ ކުޅޭ ހަތަރު ރޯލަކީ ބައްޕަ އާއި ކާފައެއްގެ ރޯލުގެ އިތުރުން އެއްމާބަނޑު ދެބެއިންގެ ރޯލު ކަމަށް ރިޕޯޓުތަކުގައި ވެއެވެ. އަދި މިއިން ކޮންމެ ރޯލަކުން އައްލޫ ފެންނާނީ ވަރަށް ތަފާތު މިޒާޖުތަކެއްގައި ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

މި ފިލްމުގެ ބަތަލާއަކީ ދީޕިކާ ޕަދްކޯން އެވެ. އަދި މި ފިލްމުގެ ވިލަންގެ ރޯލުން ފެނިގެންދާނީ ރަޝްމިކާ މަންދަނާއެވެ. މީގެ އިތުރުން ފިލްމުގެ މުހިންމު ރޯލުތަކުން ޖާންވީ ކަޕޫރާއި މުރްނާލް ތާކޫރުވެސް ފެނިގެންދާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ފިލްމުގެ ނަން އަދި ހާމަނުކުރިނަމަވެސް، މިއީ ވަރަށް ބޮޑު ބަޖެޓަކާއެކު އުފައްދާ ފިލްމެއް ކަމަށް ރިޕޯޓުތަކުގައި ވެއެވެ. މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ 2027 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް