މަރްޔަމް ނަހްދާ ވަޙީދު   13 ޖުލައި 2025 - 7:49
ދަޅަކް 2 ގެ މަންޒަރެއް-
ދަޅަކް 2 ގެ މަންޒަރެއް-
ބޮލީވުޑްގެ ތަރި ތުރިޕްތީ ދިމްރީ ލީޑުން ފެނިގެންދާ ފިލްމު "ދަޅަކް 2" ގެ ޓްރެއިލާ ދައްކާލައިފިއެވެ.

ޝާޒިއާ އިގްބާލް ޑައިރެކްޓު ކޮށްފައިވާ މި ފިލްމަކީ ލޯބީގެ ފިލްމެކެވެ. މި ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ ދަރްމާ ކުންފުނީގެ ބެނާ ގެ ދަށުންނެވެ.

"ދަޅަކް 2" ގެ ވާހަކަ ބިނާ ވެފައިވަނީ ދެ ޒުވާނުންގެ މެދުގައި އުފެދޭ ލޯބީގެ ގުޅުން އެންމެފަހުން ސިޔާސީ ހަމަނުޖެހުމުގެ ޝިކާރައަކަށްވެ އެކަމުން ރައްކާތެރިކަން ހޯދުމަށް ކުރާ މަސައްކަތުގެ މައްޗަށެވެ.

މި ފިލްމުގައު ތުރިޕްތީއާއެކު ލީޑުން ފެންނާނީ ސިދާންތު ޗަތުރަވެދީ އެވެ. މިއީ މި ދެ ތަރިން އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.

މި ފިލްމު ސިނަމާތަކަށް ނެރޭނީ އޮގަސްޓު މަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް