ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ ހާދިސާ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަން އުވާލައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ، އެ ކޮމިޝަން އުވާލައްވައިފައިވަނީ، ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނުގެ 22 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، އެކަމަށްޓަކައި ނެރުއްވި ޤަރާރަކުން ކަމަށެވެ.
މި ކޮމިޝަން އުފެއްދީ މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު އެވެ.
ރިޔާސީ ކޮމިޝަނުންވަނީ ކުރު މުއްދަތެއްގެ ތެރޭގައި އެ ހާދިސާ ހިނގިގޮތުގެ ތަހުގީގެއް ކުރިއަށް ގެންގޮސް ރިޕޯޓު ނިންމައި ރައީސަށް އަރުވާފައެވެ.
ކޮމިޝަނުގެ ތަހުޤީޤު ރިޕޯޓު އާންމުކޮށްފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހެވެ. އެ ރިޕޯޓުގައި ވަނީ ޔުމްނު ވައްޓާލީ ކަމަކަށް ނުބެލެވޭ ކަމަށާއި އަދި އަމިއްލައަށް ވެއްޓުނީ ކަމަށް ވެސް ނުބެލެވޭ ކަމަށާއި ބުރަވެވެނީ ކުޑަދޮރުން ވެއްޓުނީ ކަމަށެވެ.
ކޮމިޝަންގެ މަސައްކަތް ނިމިފައިވާކަމަށް ނިންމައި ކޮމިޝަން އުވާލިއިރު، ކޮމިޝަނުގެ ރިޕޯޓުގައި ޔުމްނުގެ އެއްވެސް ބަހެއް ނެތުމުން ގިނަބަޔަކު ފާޑުކިޔެވެ. ނަމަވެސް ޔުމްނުގެ ބަޔާނެއް ނެގުމަށް ކުރި މަސައްކަތުގައި ޔުމްނުގެ އާއިލާއިން އެއްބާރުލުން ނުދީވާކަމަށް ކޮމިޝަންގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.
ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް، ހޯމް މިނިސްޓްރީ އާއި، ޞިއްޙީ ވުޒާރާއަށް، ރައީސް މިހާރު ވަނީ އަންގަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު