އެސްއެސް ރާޖްމޯލީ
އެސްއެސް ރާޖްމޯލީ
ޖަޕާނުގެ ވަރަށް ނަން މަޝްހޫރު ވީޑިއޯ ގޭމެއްގައި ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އެސްއެސް ރާޖްމޯލީގެ ކެމިއޯއެއް ފެންނާނެ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

އެގޮތުން އޭނާގެ ކެމިއޯއެއް ފެނިގެންދާނީ "ޑެތު ސްޓްރޭންޑިން 2: އޮން ދަ ބީޗް" އިންނެވެ. މިއީ ޖަޕާނުގެ ކޯޖިމާ ޕްރޮޑަކްޝަންސް އިން އުފައްދާ ވީޑިއޯ ގޭމެކެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި ވީޑިއޯ ގޭމުގައި ހިއްސާ ވުމުގެ ފުރުސަތު ރާޖްމޯލީ އަށް ލިބިފައިވަނީ އޭނާގެ ފިލްމު އާރްއާރްއާރް ޕްރޮމޯޓު ކުރުމަށް ޖަޕާނަށް ގޮސް އުޅެނިކޮށްނެވެ.

އެގޮތުން އެ ދަތުރުގައި އޭނާ ކޯޖިމާ ޕްރޮޑަކްޝަންސް އަށް ދިޔަ ކަމަށާއި، ކޯޖިމާ އަމިއްލައަށް ރާޖްމޯލީ ސްކޭންކޮށް، އެ ގޭމުގެ ކެރެކްޓަރަކަށް ހަދަން ބޭނުންވި ކަމަށް ރިޕޯޓުގައި ވެއެވެ.

މި ގޭމަކީ ނޯމަން ރީޑަސް، ލިޔާ ސޭޑަކްސް އަދި އެލެން ފޭނިންގް ފަދަ މަޝްހޫރު ހޮލީވުޑްގެ ތަރިންގެ ކެރެކްޓަރުތައްވެސް ހިމެނޭ ވީޑިއޯ ގޭމެެކެވެ. މި ކޮލަބޮރޭޝަން އާއެކު ރާޖްމޯލީގެ ގްލޯބަލް ފުޓްޕްރިންޓު އިތުރަށް ވަރުގަދަ ވެގެން ދާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު