ރަންވީރު ސިންގު އަދި ބޮބޯ ޑިއޯލް
ރަންވީރު ސިންގު އަދި ބޮބޯ ޑިއޯލް
ބޮލީވުޑްގެ މަޝްހޫރު ތަރިން ރަންވީރު ސިންގު އާއި ބޮބީ ޑިއޯލް ވަރަށް ބޮޑު ޕްރޮޖެކްޓަކަށް ތައްޔާރުވަމުންދާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ބޭރުގެ މީޑިއާތަކުން ބުނީ ބޮޑު ބަޖެޓަކުން ވަރަށް ގްރޭންޑްކޮށް ހަދަން ނިންމާފައިވާ ފިލްމެއް ކަމަށެވެ. އަދި ދެ ތަރިން ވެސް ފިލްމުގައި ކުޅޭނީ މީގެ ކުރިން ފެނިފައި ނުވާ ކަހަލަ ރޯލުތަކަކުން ކަމަށްވެސް ރިޕޯޓުތަކުގައި ވެއެެވެ.

ރަންވީރު ލީޑުން ފެނިގެންދާ "ޑޯން 3" ގެ ޝޫޓިން ފަސްކުރީވެސް މި ޕްރޮޖެކްޓަށް ވަގުތު ހުސްކުރުމަށް ކަމަށް މީޑިއާ ރިޕޯޓުތަކުގައި ވެއެވެ.

މިއީ ވަރަށް ގްރޭންޑް ފިލްމަކަށް ވާނޭކަން ހާމަކުރިނަމަވެސް މި ފިލްމުގެ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރަކީ ކާކު ކަމެއްވެސް އަދި އެނގިފައެއް ނުވެއެވެ. އަދި މި ފިލްމުގެ ނަމެއްވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް