ޗިލްޑްރަން އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގު
ޗިލްޑްރަން އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގު
ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ ދައުރު ދަންމާލަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންފިއެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމުގައި މިހާރު ހުންނެވި ނިއުމަތު ޝަފީގުގެ ދައުރު މިމަހުގެ 23ވަނަ ދުވަހަށް ހަމަވާނެއެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ ރައީސް އަބްދުއްރަހީމަށް ރައީސް މުއިއްޒު މިއަދު ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ ނިއުމަތުގެ ދައުރު އިތުރު ފަސް އަހަރަށް ދަންމާލަން ހުށަހަޅުއްވާ ކަމަށެވެ.

ޗިލްރަންސް އޮމްބަޑްސްޕަސަންގެ އޮފީހަކީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އުފައްދަވާފައިވާ މިނިވަން، މުސްތަގިއްލު އިދާރާއެކެވެ. ޤާނޫނުގައިވާ ގޮތުން ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަށް މީހަކު އައްޔަންކުރާނީ، ރައީސުލްޖުމްހޫރިއްޔާއެވެ.

ޗިލްޑްރެންސް އޮމްބަޑްސްޕާސަނަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ތަންފީޒު ކުރަން ޖެހޭ ކަންކަން ތަންފީޒު ކުރެވޭ މިންވަރު މޮނިޓާ ކުރުމަށާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ގުޅޭ މުއައްސަސާތައް މޮނިޓާކޮށް އިވެލުއޭޓު ކުރުމަށާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކަމާ ބެހޭ މުއާހަދާއާ އެއްގޮތަށް އަމަލު ކުރާ މިންވަރު ބެލުމާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަަސައްކަތް ކުރާ މުވައްޒަފުންގެ އަމަލުތައް ތަހުގީގުކޮށް މުތާލިއާ ކުރަން އައްޔަން ކުރާ މަގާމެކެވެ.



ކިޔުންތެރިންގެ ހިޔާލު